ކައިވެންޏަށް އަހަން 1،200 ކިލޯ މީޓަރުގެ ހިނގުމެއް

މިހާރު އެ ދެ މީހުން ވަނީ ކައިވެނިކޮށްފަ އެވެ. އަންހެން މީހާއަށް އެހެން ކައިވެންޏެއްގައި ކުދީން ލިބިފައި ވެއެވެ.

ސުތުޕެ އޭނާގެ ހިނގަން ޖެހުނު ރާސްތާ ފައިމަގުގައި ފުރިހަމަކޮށް ލޯބިވެރިޔާއާ ބައްދަލު ކުރަނީ

ތައިލެންޑުގައި މީހަކު އޭނާގެ ލޯބިވެރިޔާއާ ބައްދަލުކޮށް ކައިވެންޏަށް އެދެން 1،200 ކިލޯމީޓަރުގެ ދިގު އުނދަގޫ ރާސްތާއަކަށް ހިނގައިފި އެވެ. 

މިވަރުގެ ހިތްވަރެއްކޮށް އެހާ ދިގު ހިނގުމެއް ހިނގީ ސުތެޕް، 52 އެވެ. އޭނާ ލޯބިވެރިޔާއަކީ އޭނާއަށް ވުރެ ދޮށީ އަދި އެހެން ކައިވެންޏެއްގައި ކުދިން ވެސް 56 އަހަރުގެ އަންހެނެކެވެ.

ސުތެޕަކީ ތައިލެންޑުގެ އުތުރުން ނަހޯން ނަޔޮކް ޕްރޮވިންސްގެ ދަނޑުވެރިއެކެވެ. އޭނާގެ ލޯބިވެރިޔާއަކީ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސަތުންގައި ދިރިއުޅޭ އަންހެނެކެވެ. އެ ދެމީހުންގެ މެދުގައި ގުޅުމެއް އުފެދި ލޯތްބަކަށް ބަދަލުވީ ސޯޝަލް މީޑިއާއިންނެވެ. އެމީހުން ބައްދަލުވީ މީގެ މަސްތަކެއް ކުރީންނެވެ.

މީގެ ތިންމަސް ދުވަސް ކުރީން ސުތެޕްގެ ދަތުރު ފެށީ އިންނަން ބޭނުން ވާނަމަ ލޯތްބާއެކު ފައިމަގުގައި ވިޔަސް އަދި ދުވެފައި ނަމަވެސް ކައިރިއަށް އައުމަށް އަންހެން މީހާ ދައުވަތެއް ދިނުމުންނެވެ. 1،200 ކިލޯމީޓަރު ހުރަސްކޮށް އޭނާއަށް ލޯބިވެރިޔާއަށް ހަމައަށް ލައްވާލީ ލޯބިވެރިންގެ ދުވަހަހާ އެކުއެކީގަ އެވެ،

މިހާރު އެ ދެ މީހުން ވަނީ ކައިވެނިކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.