އުންސުރު ހަމަނުވެގެން ބްްލެކްްމެއިލް ކުރިކަން ސާބިތެއް ނުވި

ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ބުނެ ބިރުދައްކައިގެން ޖިންސީ އަމަލެއް ހިންގަން މަޖުބޫރު ކުރުވާފައިވާ ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލީ ގދ. ވާދޫ / ދިއްގާގަސްދޮށުގެ، އިބްރާހީމް ރަޝީދުގެ މައްޗަށެވެ.

ޖިންސީ ފުރައްސާރަ އާއި ގޯނާއާ ދެކޮޅަށް މުޒާހަރާ ކުރަނީ

އުންސުރު ހަމަ ނުވެގެން ބްްލެކްްމެއިލް ކުރި ކަމަށް ތުހުމަތުކޮށް މީހެއްގެ މައްޗަށް ހުށައެޅި މައްސަލައެއް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވައިފި އެވެ.

ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ބުނެ ބިރުދައްކައިގެން ޖިންސީ އަމަލެއް ހިންގަން މަޖުބޫރު ކުރުވާފައިވާ ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލީ ގދ. ވާދޫ / ދިއްގާގަސްދޮށުގެ، އިބްރާހީމް ރަޝީދުގެ މައްޗަށެވެ. އެއީ 2016 ވަނަ އަހަރުގައި އޭނާ ހިންގާފައިވާ ކަމަށް ބުނާ އަމަލެކެވެ.

ކްރިމިނަލް ކޯޓްގެ ގާޒީ ސަފްއަތު ހަބީބް ބެއްލެވި މައްސަލާގައި އިއްވި ހުކުމްގައި ބުނެފައި ވަނީ ރަޝީދުގެ އަތުގައި އަންހެނެއްގެ ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ބުނެ ބިރުދައްކައިގެން ޖިންސީ އަމަލެއް ހިންގަން މަޖުބޫރު ކުރުވާފައިވާތީ އާއި އަދި އޭނާގެ ފޯނުން ބަރަހަނާ ފޮޓޯތަކެއް ފެނިފައިވާތީ އަދި އޭނާގެ އަތުގަައި އެފަދަ ފޮޓޯތަކެއް ހުރި ކަމަށް ތަހުގީގުވެސް ބުނެފައިވަނީ އުފުލި ބިރުދައްކައިގެން ޖިންސީ އަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުވުމުގެ ކުށުގެ ދައުވާއަށް ކޯޓްގައި އިންކާރު ކޮށްފައިވާ ކަމަށެވެ.

އަދި މި ދައުވާ ސާބިތުކުރުމަށް ކާފީ ހެކި ލިބިފައި ނުވާ ކަމަށާ މި ދައުވާގެ އުންސުރުތައް ވެސް ހަމަނުވާތީ އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.