މަރުވި މީހުން 33،000 އިން މައްޗަށް، 150 ގަޑިއިރު ފަހުން ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

ހޯމަ ދުވަހު އައި ބިންް ހެލުމުގައި ސީރިއާ / ތުރުކީގެ ބައެއް އަވަށްތައް މުޅީން ސުންނާފަތިވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި އެތައް ބަޔަކު ވަނީ ސަލާމަަތް ކޮށްފައެވެ.

އިމާރާތެއްގެ ދަށުން ސަލާމަތްކުރި ކުއްޖެއް

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިއަދު 33،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދެންމެ ހާމަކޮށްފި އެވެ.

މިރެއާ ހަމައަށް ތުރުކީން މަރުވި މީހުންގެ އަދަދު 29،605 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެ އެވެ. ސީރިއާގެ ނަމްބަރުތައް ވެސް ވަނީ އުފުލިފަ އެވެ. އެގޮތުން އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 4،500 ވުރެ މަތިވެފައެވެ.

އަދި ދެ ގައުމުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހި ގެދޮރު ގެއްލިފައެވެ. އދ އިން އަންދާޒާ ކުރާ ގޮތުގައި ބިންހެލުމުގެ ސަބަބުން، މިހާރުވެސް ހަނގުރާމާގައި ސުންނާފަތިވެފައި އޮތް ސީރިއާގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ އެވެ. ބިންހެލުމުގެ ސަބަބުން އެ ގައުމުގެ 5.2 މިލިއަން މީހުން ގެދޮރު ގެއްލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހޯމަ ދުވަހު އައި ބިންް ހެލުމުގައި ސީރިއާ / ތުރުކީގެ ބައެއް އަވަށްތައް މުޅީން ސުންނާފަތިވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި އެތައް ބަޔަކު ވަނީ ސަލާމަަތް ކޮށްފައެވެ. އިމާރާތެއްގެ ދަށުގައި 150 ގަޑިއިރު އޮތް ތުއްތު ކުއްޖަކު މިއަދުވެސް ވަނީ ސަލާމަތް ކޮށްފައެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން

އެހެން ކަމުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އަދިވެސް ވަރަށް ފުޅާކޮށް އެބަ ކުރިއަށް ގެންދެއެވެ.

ތުރުކީއަށް މި ފަހަރު ފުރަތަމަ ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުމުގަ އެވެ. އެ ބިންހެލުމުގައި އިމާރާތްތައް ވެއްޓި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 7.6 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އައެވެ. މިއީ އޮގަސްޓް 2021 ގައި ދެކުނު އެޓްލާންޓިކް ކަނޑުގައި ރިކޯޑް ކުރެވުނު ބިންހެލުމުގެ ފަހުން ދުނިޔޭގައި ރެކޯޑްކުރެވިފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ.

އަދި މިއީ 1999 ވަނަ އަހަރު އިސްތަންބޫލް ކައިރީން މަރްމަރާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އެ ގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.