ގެއްލުނު އަސްދޫނި ހޯދަން ނުކުތް މީހުނަށް ފެނުނީ ކުރިނބީ ތިޖޫރީ

ކުރުނބީ ތިޖޫރީ އެއްލާލާފައި އޮތީ ކައުންސިލް އިދާރާ އާއި 100 ވަރަކަށް މީޓަރު ދޫރުން ރަށުގެ ހެޅީފަށަށެވެ. ތިޖޫރީ އޮތްތަނުގެ ވެލިގަނޑާއި ތިޖޫރީގެ ބައިތައް ވެސް ވަރަށް ބޮޑަށް ދަބަރަށްވެފައި ވެއެވެ.

ކުރިނބީ ތިޖޫރީ ނަގައިގެން ގެންދަނީ: މިހާރު ތިޖުރީ ހުރީ ރަށުގެ ކައުންސިލް އިދާރާގައި -- ފޮޓޯ: އަލީ ވިސާމް

ހދ. ކުރިނބީގައި މީގެ އެއް އަހަރު ކުރީ ޖަނަވަރީ 1، 2022 ގައި ކައުންސިލްގެ އިދާރާއަށް ބަޔަކު ވަދެ އިދާރާގެ އިމާރާތަށް ގެއްލުންދީ އޮފީހުގެ ތިޖޫރި އާއި އަގު ބޮޑެތި ތަކެތި ވަގަށް ގެންދިޔަ އެވެ. އަދި އޭރު އެކަން ފުލުހަށް ރިޕޯޓް ކުރުމުން ދިޔައީ އެ މައްސަލަ ބަލަމުން ނެވެ. 

އޭގެ އެއް އަހަރާ ތިން މަސް ފަހުން މާޗް 2، 2023 ތިޖޫރީ ފެނިއްޖެ އެވެ. ކުރިނބީގައި ހުންނަ ސަރުކާރު ތިޖުރީ ފެނުނީ ކުރިނބީން ގެއްލުނު އަސްދޫންޏެއް ހޯދަމުން ދިޔަ ބައެއްގެ ތެރޭގައި ހިމެނޭ މީހަކަށެވެ. ކުރިނބީ ތިޖޫރީ ފެނުމުން އެރަށުގެ އާބާދީގެ ގިނަ ބަޔަކު އެ މަންޒަރުން ބަލާން ދިޔަ އެވެ. 

ކުރިންބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް މިއަދު "މި" ނޫހަށް ވިދާޅުވި ގޮތުގައި އެއީ 183 ރުފިޔާ އާއާއެކު ވަގަށް ނެގި ތިޖޫރީއެކެވެ. އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ތިޖޫރީ އެ ފެނުނީ ރަށުން ގެއްލުނު އަސްދޫންޏެއް ހޯދާން ނުކުތް ބަޔަކަށެވެ. ތިޖޫރީ ފެނުނު އިރު ހުޅުވާން މަސައްކަތްކޮށް ވަރަށް ބޮޑަށް ހަލާކުވެފައިވި ނަމަވެސް ވަގުންނަށް ތިޖުރީ ހުޅުވިފައެއް ނުވެ އެވެ.

ކުރިނބީ ތިޖޫރީ ނަގައިގެން ގެންދަނީ: މިހާރު ތިޖުރީ ހުރީ ރަށުގެ ކައުންސިލް އިދާރާގައި -- ފޮޓޯ: އަލީ ވިސާމް

"ރަށުން ގެއްލުނު އަސް ދޫނި ވެސް ފެނިއްޖެ! ރަށުން ގެއްލުނު ތިޖޫރީވެސް ފެނިއްޖެ... ތީޖޫރީ އެ ބަޔަކަށް އުޅެ އުޅެ ހުޅުވޭ ގޮތް ނުވުމުން ދޫކޮށްލާގައި ދިޔައީ ކަމަށް ބެލެވެނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކުރުނބީ ތިޖޫރީ އެއްލާލާފައި އޮތީ ކައުންސިލް އިދާރާ އާއި 100 ވަރަކަށް މީޓަރު ދުރުން ރަށުގެ ހެޅީފަށަށެވެ. ތިޖޫރީ އޮތްތަނުގެ ވެލިގަނޑާއި ތިޖޫރީގެ ބައިތައް ވެސް ވަރަށް ބޮޑަށް ދަބަރަށްވެފައި ވެއެވެ. ތިޖޫރީ ފެނުމާއެކު ތިޖޫރީ ނެގީ ފުލުހުންނެވެ. މިހާރު ހުރި ގޮތަށް ތިޖޫރީ ގެންގޮސް ކުރިނބީ ކައުންސިލް އިދާރާގައި ބަހައްޓާފައި އެބަހުއްޓެވެ.

"އެބަހުރި ގެނެސް ހުރި ގޮތަށް ބަހައްޓާގައި އެކަމާ ގުޅިގެން ކުރިން ވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. މި ފަހަރުވެސް މީހަކަށް އަދި ތުހުމަތު ވެގެން ހައްޔަރެއް ނުކުރޭ. އަޅުގަނޑަށް ހީވަނީ އޭރު ވަގަށް ނެގި ގޮތަށް ނުހުޅުވުމުން އެތަނަށް އެއްލާލާފައި އޮތް ގޮތަށް ހަމަ އޮތީހެން،" އަސްލަމް ވިދާޅުވި އެވެ.

ސެކިއުރިޓީ ގާޑުން ނުތިބޭ، އަދި ކެމެރާ ވެސް ހަރުކޮށްފައި ނެތް ކުރިނބީ ކައުންސިލްގެ އިދާރާ ފަޅާލައި ކުރިނބީ ތިޖޫރީ ވަގަށް ގެންދިޔައީ ދޮރެއްގެ ފެންލައިޓެއް ހަލާކުކޮށްލައިގެން އޮފީސްތެރެއަށް ވެދެ، ތިޖޫރީ ހުންނަ ކޮޓަރީގެ ބޮޑުދޮރު ހަލާކު ކޮށްލައިގެނެވެ. އޭގެ އިތުރުން ކޯޓުގެ އިމާރާތަށް ވެސް ގެއްލުން ދިނެވެ.

ކުރިނބީ ތިޖޫރީ ނަގައިގެން ގެންދަނީ: މިހާރު ތިޖުރީ ހުރީ ރަށުގެ ކައުންސިލް އިދާރާގައި -- ފޮޓޯ: އަލީ ވިސާމް
ކުރިނބި - ކުރިނބީ ވަށައިގެން 105 މީޓަރު އުސް، ބިޔަ ގަސްތަކެއް ހެދިފައި ވެއެވެ. އަދި ރަށުގެ ދެކުނު ފަރާތުގައި ބޮޑު ކަނޑޫފަލެއް އޮވެއެވެ. "ނާލުން" ނަމަކަށް ކިޔާ ކުޅިވަރަކީ ހަމައެކަނި ކުރިނބީގައި ކުޅޭ ކުޅިވަރެކެވެ.
  •  ހދ. އަތޮޅު
  •  ވައިކަރަދޫ ދާއިރާ
  •  ޕޯސްޓް ކޯޑު: 02090
  •  ބިމުގެ ބޮޑުމިން: 41.7 ހެކްޓަރ
  •  އާބާދީ: 752

އެ ކުޅިވަރު ކުޅެ އުޅެނީ އީދުގަ އެވެ. ކުރިނބީއަކީ އަތޮޅުގެ މެދުގައި އޮންނަ އަތޮޅުގެ އެހެން ހުރިހާ ރަށެއް ފެންނަ ރަށެކެވެ. އެ ރަށުގައި "އީސާކަލޭގެފާނު" ކިޔާ ސަރަހައްދެއް އޮވެއެވެ. އެތަނުގައި ޒަމާންވީ އިމާރާތެއްގެ ބިންގަލެއް ހުރެއެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.