ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭނެ: މިނިސްޓަރު

ދަރިވަރުންނާ މުހާތަބު ކުރައްވާ މިނިސްޓަރު ވިދާޅުވެފައިވީ ވަރަށް މުހިންމު ވާހަކަފުޅެކެވެ. މައިގަނޑު ވާހަކަފުޅަކީ ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަފުޅު ދައްކަވަނީ

ބުއްދީގެ ހަމައިން ދަލީލު ނެރެން، ހުރިހާ ކިޔަވާ ކުދިންނަށް އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅު ވެއްޖެ އެވެ.

ހުޅުމާލޭ ޣާޒީ ސްކޫލުގައި އޮތް "ފުރާވަރު" ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ބާރު އަޅުއްވައި ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅެން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ. 

އަދި ވިދާޅުވީ ގޮންޖެހުމަކަށް ވާނީ ދަސްވާ ކަންކަން އާންމު ދިރިއުޅުމުގައި ފަރިތަ ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ކޮންމެ ކުއްޖަކު ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަހުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވާން ވެސް ޖެހޭނެ ކަމަށެވެ.

"އަބަދުވެސް ގާނޫނުތަކަށް ބޯލަނބަން ވާނެ. ގަވައިދުތަކަށް އިހުތިރާމް ކުރަން ވާނެ. އަދި އުސޫލުތަކަށް ތަބާވާން ވާނެ. އޭރުން މުޖުތަމައުގައި ހަމަޖެހުން އޮންނާނީ. އޭރުން އެކަކު އަނެކަކަށް ގުޅިގެން އެކުވެރި ކަމާއެކު އުޅެވޭނީ." މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.