ރެއާލުން މީގެ ކުރިން މި ތަށި ނެގީ 2014، އާއި 2016 އާއި 2017 އަދި 2018 ވަނަ އަހަރު އެވެ. މިފަހަރު މިއީ ފަސްވަނަ ފަހަރެވެ.
ސައުދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށް ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފި އެވެ. މިއީ ރެއާލް އިން މި ތަށި ކާމިޔާބު ކުރި ފަސް ވަނަ ފަހަރެވެ.
ރެއާލް މޮޅުވީ 5-3 ހެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ގިނަ އިރުތަކެއް ނުވެ ރެއާލް ފުރަތަމަ ގޯލް ޖެހި އެވެ. މެޗުގެ 13 ވަނަ މިނެޓްގައި ފުރަތަމަ ގޯލް އައީ ވިނީ ޖޫނިއާގެ ފަރާތުންނެވެ.
ރެއާލުން ދެވަނަ ގޯލެއް ޖެހީ ފެޑެރީކޯ ވަލްވްރްޑޭ އެވެ. އެ ހާފުގައި އަލް ހިލާލްއިން ވެސް ގޯލެއް ޖެހި އެވެ.
އޭގެ ފަހުން ކަރީމް ބެންޒެމާ ވަނީ މެޗުގެ 54 ވަނަ މިނެޓްގައި ރެއާލްގެ ތިންވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ހަތަރުވަނަ ގޯލަކުން ލީޑް ފުޅާކޮށް ދިނީ ވަލްވާރްޑޭ އެވެ. ފަސް ވަނަ ގޯލު ޖެހީ ވިނީ އެވެ.
އަލް ހިލާލުން އިތުރުން ދެ ގޯލެއް ޖެހީ ލޫސިއާނޯ އެވެ.