ރިތިކް އާއި ސަބާ ވަނީ އެކުގައި ބޮލީވުޑުގެ ބައެއް ހަފުލާތަކުގައި ބައިވެރިވެ އެވެ. މި އަހަރު ކަރަން ޖޯހަރްގެ އުފަން ދުވަހުގައި ވެސް ދެމީހުން އެކުގައި އެ ހަފުލާއަށް ދިޔަ އެވެ.
ރިތިކް ރޯޝަން އާއި އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު ކައިވެނި ކުރަން އުޅޭ ވާހަކަ އަނެއްކާވެސް ހިނގަން ފަށައިފި އެ ވާހަކަ ދެކެވޭ މިންވަރު ގިނަ ވެއްޖެ އެވެ.
ބޮލީވުޑްގެ މެގަ ސްޓާރުގެ އާއިލާ އާއި ކުރީގެ އަނބިމީހާ ސުޒާން އާއި ދެ ދަރިން ވެސް އޭނާގެ ލޯބިވެރިޔާ، ސަބާ ގާތް ގުޅުމެއް މިހާރު އޮވެ އެވެ. ކުރިން ވެސް ސުޒާން އާއި ސަބާއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ނަމަވެސް ސަބާ އާއި ރިތިކް އާ ދެމެދު ގުޅުމެއް އުފެދުނު ފަހުން އެ ރަހުމަތްތެރި ކަމަށް ހީނަރުކަން އައެވެ.
ހަބަރުތައް ފެތުރިފައިވާ ގޮތުން ރިތިކާއި ސަބާގެ ކައިވެނި ދެން ލަހެއް އެހާ ނުވާނެ އެވެ. އަދި އެ ދެ ލޯބިވެރިން ޔަގީނުން ވެސް ކައިވެނި ކުރާނެ އެވެ. އެކަމަކު ރިތިކާއި ސަބާ ވެސް އަވަސް އަރުވާލާކަށް ބޭނުމެއް ނުވެ އެވެ.
ރިތިކް އާއި ސަބާ ވަނީ އެކުގައި ބޮލީވުޑުގެ ބައެއް ހަފުލާތަކުގައި ބައިވެރިވެ އެވެ. ކަރަން ޖޯހަރްގެ އުފަން ދުވަހުގެ ޓީއެއްގައި ވެސް ދެމީހުން އެކުގައި ބައިވެރިވި އެވެ.