ތުރުކީ-ސީރިއާއަށް ދިވެހީންގެ ފަރާތުން އެއްމިލިއަން މަސްދަޅު

މިއުވާން ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ވަނީ ތުރުކީ އާއި ސީރިއާގެ ވެރީންނާއި ގުޅުއްވާފައެވެ. އަދި ދިވެހި ސަރުކާރުން ކޮންމެ ގައުމަކަށް 500،000 މަސްދަޅު ހަދިޔާ ކުރައްވަން ވަނީ ނިންމަވާފައެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) ތުރުކީގެ ރައީސް ރަޖަބު ތައްޔިބް އުރުދުޣާން

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި ހާލު ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ރާއްޖެއިން އެއް މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފި އެވެ. ރައީސުލްޖުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވަނީ އެކަން ހާމަކުރައްވާފައެވެ. 

މިއުވާން ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ވަނީ ތުރުކީ އާއި ސީރިއާގެ ވެރީންނާއި ގުޅުއްވާފައެވެ. އަދި ދިވެހި ސަރުކާރުން ކޮންމެ ގައުމަކަށް 500،000 މަސްދަޅު ހަދިޔާ ކުރައްވަން ނިންމާފައިވާ ކަމަށެވެ. އެއީ އެ ދެ ގައުމުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން ވެދޭ އެހީތެރި ކަމެއް ކަމެެކެވެ. 

ތުރުކީ / ސީރިއާގެ ހާލަތު: ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިއަދު 21،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. އަދި 300،000 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ. ތުރުކީގެ 10 ސިޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތީ އިއުލާންކޮށްފައެވެ. ބިންހެލުމަށް ހަތަރު ދުވަސްވީ ނަމަވެސް އަދިވެސް މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ދަނީ ކުރިއަށެވެ. ހަތަރު ދުވަސް ފަހުންވެސް އިމާރާތްތަކުން މީހުން ދިރިތިއްބާ ދަނީ ފެންނަމުންނެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި ތުރުކީވިލާތަށް އައި ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ހާލުމިނިސްޓްރީން ދަނީ ވަރަށް ގާތުން ބަލަމުން ކަަމަށެވެ. އެގޮތުން ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނާއި ގުޅާ ހާލު އޮޅުން ފިލުވާފައިވާ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ. މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ 14 ދިވެހިނެވެ.

މި ބިންހެލުމާ ގުޅިގެން މިނިސްޓްރީ އިން އަންނަނީ ތުރުކީގެ ހާލަތު ވެސް ގާތުން ބަލަމުން ކަމަށް ބުންޏެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރި ކަމަށް ބޭނުންޖެހިއްޖެ ނަމަ މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށްވެސް ވަނީ އެދިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.