ހުޅުވާލާ ދުވަހު ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ 300 މީހުނަށެވެ. ނަމަވެސް، އޭގެ ފަހުން 500 އާއި 600 އާ ދެމެދުގެ އަދަދަކަށް މީހުންނަށް ޖާގަ ދެމުންދާނެ އެވެ.
މާލޭ ސަރަހައްދުގެ އާންމުން ދަތުރު ދާން ހާއްސަކޮށް ތަރައްގީ ކުރި ކުޑަގިރީގެ ބުކިން މިއަދު ހަވީރު ހުޅުވާލުމާއެކު ފުރަތަމަ ދުވަހުގެ ހުރިހާ ޖާގައެއް ފުލްވެއްޖެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ފުރަތަަމަ ދުވަހަށް ހާއްސަ 300 ޖާގަ، ބުކިންއަށް ހުޅުވާތިލާ ތިރީހަކަށް މިނެޓްތެރޭ ވަނީ ބުކްކޮށްފައެވެ.
ކުޑަގިރިއަށް ދާން ފެރީ ފުރަން ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި މާލޭގެ ފެރީ ޓާމިނަލުންނެވެ. ހެނދުނު 6:30 އިން ފެށިގެން ދުވާލަކު ދެ ދަތުރު ކުރަން ހަމަޖެހި ފައި ވެއެވެ.
ކުޑަ ގިރި ހުޅުވާލާއިރު އެ ރަށަށް ދަތުރުދާ މީހުންނަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ޗޭންޖިން ރޫމް، ފާހާނާ ގެ އިތުރުން، ބާބަކިއު ހަދަން ހާއްސަ ސަރަހައްދަކާއި، ކުޑަކުދިންގެ ކުޅިވަރަށް ހާއްސަ ސަރަހައްދެއް ވެސް ހިމެނެއެވެ. އެރަށުގައި ފަސްވަގުތު ޖަމާއަތުގައި ނަމާދުކުރާ މިސްކިތެއް ހުރެއެވެ. މީގެ އިތުރުން ކުރިއާލާ ބުކް ކުރެވޭ އަށިތަކެއް ވަނީ އަޅާފައެވެ. އެއަށިތަކުގައި ފަސޭހައިން ކެއްކޭނެހެން، ކަރަންޓާއި، ފެން ގުޅާފައި ހުރެއެވެ.
ކުޑަގިރު އާންމުންނަށް ހުޅުވާލާނީ ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގަ އެވެ. އެހެން ދުވަސް ދުވަހު އެރަށް ފަތުރުވެރިންނަށާއި، ޕްރައިވެޓް އިވެންޓުތަކަށް ހުޅުވާލާނެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުޑަގިރި ތަރައްގީ ކުުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މިއީ 41.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.