ތުރުކީގައި 14 ދިވެހީން، އެންމެންގެ ހާލުވެސް ރަނގަޅު

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރި ކަމަށް ބޭނުންޖެހިއްޖެ ނަމަ މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށްވެސް ވަނީ އެދިފައެވެ.

ތުރުކީއަށް އައި ބިން ހެލުމުގައި ބިމާ ހަމަވި އިމާރާތެއް ކައިރީގައި އަންހެނަކު އިށީންދެލައިގެން

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ތުރުކީވިލާތަށް އައި ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންގެ ހާލުމިނިސްޓްރީން ދަނީ ވަރަށް ގާތުން ބަލަމުން ކަަމަށެވެ. އެގޮތުން ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނާއި ގުޅާ ހާލު އޮޅުން ފިލުވާފައިވާ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ. މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ 14 ދިވެހިނެވެ.

މި ބިންހެލުމާ ގުޅިގެން މިނިސްޓްރީ އިން އަންނަނީ ތުރުކީގެ ހާލަތު ވެސް ގާތުން ބަލަމުން ކަމަށް ބުންޏެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރި ކަމަށް ބޭނުންޖެހިއްޖެ ނަމަ މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށްވެސް ވަނީ އެދިފައެވެ.

ތުރުކީ / ސީރިއާގެ ހާލަތު: ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިއަދު 15،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. މިއަދުގެ ހެނދުނާ ހަމައަށް ތުރުކީން އެކަނި މަރުވި މީހުންގެ އަދަދު 12،391 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެ އެވެ. އަދި 298،000 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ. ސީރިއާގެ ނަމްބަރުތައް ވެސް ވަނީ އުފުލިފަ އެވެ. ތުރުކީގެ 10 ސިޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތީ އިއުލާންކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.