ހަ އަހަރުގެ ހަރަދާއި އާމްދަނީ އަޅާކިޔުން ؛ ތިޖޫރީގައި ފުލެއް ނެތް

ހަ އަހަރު ދުވަހުން ހަރަދަށް 17 ބިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ. ހަރަދާއި އާމްދަނީގައި 11 ބިލިއަން ރުފިޔާގެ ފަރަގެއް އެބަހުއްޓެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުން އެއްގަމު ތޮއްޓާ ކައިރީގަ ބްރިޖްގެ މަސައްކަތް ކުރަނީ -- މި

ރާއްޖެ އަށް ޓެކްސް ނިޒާމު ގެނައީ އާމްދަނީ އިތުރުކޮށް ތަރައްގީގެ މަގުގައި ދިގު / އަވަސް ފިޔަވަޅުތަކެއް އަޅާށެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރާށެވެ. ގިނަ ހިދުމަތްތައް ދޭށެވެ. ދައުލަތް ހަމަ އިސްކޮޅަށް ތެދުވެ އިގްތިސޯދީ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮންނާށެވެ. ޓެކްސް ނިޒާމު ގެނެސް 2010 ގައި ޓެކްސް ނަގަން ފެށިތާ ހަ އަހަރު ފަހުން 2017 ވަނަ އަހަރު ޖުމްލަ އާމްދަނީ ހިލޭ އެހީއާއެކު 20 ބިލިއަން ރުފިޔާއަށް ޖެހިލިއެވެ. އޭގެ ހަ އަހަރު ފަހުން މިދިޔަ 2022 ގައި 26 ބިލިއަން އާމްދަނީގެ ގޮތުގައި ލިބުނެވެ. 

މިދިޔަ އަހަރާ އާމްދަނީގެ ހިސާބު ކަރުދާސްތައް ހާވާލާނަމަ އާމްދަނީ އަށް ހަ ބިލިއަން އިތުރުވެއްޖެ އެވެ. 

އާމްދަނީ އިންތިހާ އަށް އިތުރުވެ ލިބޭ އެއްޗެއް މަތިވީ ނަމަވެސް ފެންނަނީ ލިބޭ އެއްޗަކާ ނުބައްދަލު ހަރަދު އިތުރުވަމުން ދާ މަންޒަރެވެ. ހަރަދުގެ ކަރުދާސް ގަނޑުން ހިރަފުސް ފޮޅާލާ 2017 ވަނަ އަހަރަށް އެކަނި ބަލާލި ނަމަވެސް 22 ބިލިއަން ރުފިޔާ އޮތީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު ހަރަދު ވަނީ 39 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. 

ހަ އަހަރުން ފެންނަ މަންޒަރު - މި ހިސާބު ތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ހަރަދަށް 17 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އަދި ދައުލަތަށް ލިބުނު އެއްޗަކާއި ހަރަދު ކުރުން ދިމާވާތަނެއް ނުފެނެ އެވެ. ހަ އަހަރު ހަރަދާއި އާމްދަނީ އަޅާ ކިޔާނަމަ 11 ބިލިއަން ރުފިޔާގެ ފަރަގެއް އެބަހުއްޓެވެ. މި މަންޒަރުން ދައްކުވައި ދެނީ ދައުލަތުގެ އާމްދަނީ ވަންނަ ތިޖޫރީގައި ފޫވެސް ނެތް ތަނެވެ.

ޑޮލަރުގެ އާމްދަނީ އާމްދަނީ ބޮޑުތަން އިތުރު

  •  2017 -- 600 މިލިއަން ޑޮލަރު
  •  2018 -- 617 މިލިއަން ޑޮލަރު
  •  2019 -- 648 މިލިއަން ޑޮލަރު
  •  2020 -- 292 މިލިއަން ޑޮލަރު
  •  2021 -- 620 މިލިއަން ޑޮލަރު
  •  2022 -- 884 މިލިއަން ޑޮލަރު
ރާއްޖޭގެ ރިސޯޓެއްގެ ފާލަމެއްގައި ޓޫރިސްޓް ދެމަފިރިޔަކު ހިނގާލާފައި ދަނީ

ޖުމްލަ ހަރަދާއި އާމްދަނީ

  • 1.2017 -- ޖުމްލަ ހަރަދު ؛ 22 ބިލިއަން / ޖުމްލަ އާމްދަނީ ؛ 20 ބިލިއަން
  • 2.2018 -- ޖުމްލަ ހަރަދު ؛ 26 ބިލިއަން / ޖުމްލަ އާމްދަނީ ؛ 22 ބިލިއަން
  • 3.2019 -- ޖުމްލަ ހަރަދު ؛ 28.9 ބިލިއަން / ޖުމްލަ އާމްދަނީ ؛ 23 ބިލިއަން
  • 4.2020 -- ޖުމްލަ ހަރަދު ؛ 28.7 ބިލިއަން / ޖުމްލަ އާމްދަނީ ؛ 15 ބިލިއަން
  • 5.2021 -- ޖުމްލަ ހަރަދު ؛ 32.8 ބިލިއަން / ޖުމްލަ އާމްދަނީ ؛ 21 ބިލިއަން
  • 6.2022 -- ޖުމްލަ ހަރަދު ؛ 29.7 ބިލިއަން / ޖުމްލަ އާމްދަނީ ؛ 26 ބިލިއަން

ހަ އަހަރު ދުވަހުތެރޭގައި ޓެކުހުގެ އާމްދަނީ ވަނީ ބޮޑުތަން އިތުރު ވެގެން ގޮސްފަ އެވެ. ވޭތުވެދިޔަ ހަ އަހަރު ދުވަހު ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ އާމްދަނީ އަށް އިތުރުވެފައިވެއެވެ. 2017 ވަނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ މި އަދަދު ވަނީ 26 ބިލިއަން ރުފިޔާއަށް އިތުރު ވެގެން ގޮސްފަ އެވެ.  

މާލޭގެ އިރުމަތީ ފަރާތުން އާޓިފިޝަލް ބީޗާ އިން ދިމާއި ބޭރު ފުއްޓަރާއި ސިނަމާލެ ބްރިޖް -- ފޮޓޯ: މި

ހަ އަހަރުގެ ޓެކުހުގެ އާމްދަނީ

  • 1.2017 -- ޓެކުހުގެ އާމްދަނީ 19 ބިލިއަން
  • 2.2018 -- ޓެކުހުގެ އާމްދަނީ 21 ބިލިއަން
  • 3.2019 -- ޓެކުހުގެ އާމްދަނީ 22 ބިލިއަން
  • 4.2020 -- ޓެކުހުގެ އާމްދަނީ 14 ބިލިއަން
  • 5.2021 -- ޓެކުހުގެ އާމްދަނީ 20 ބިލިއަން
  • 6.2022 -- ޓެކުހުގެ އާމްދަނީ 25 ބިލިއަން

ޓެކްސް ނަގާ ރޭޓުތަކަށް ބަދަލު ގެންނަމުން ދިއުމާއި އިގްތިސޯދު ފުޅާވަމުން ދިއުމުގެ ސަބަބުން ޓެކުހުގެ އާމްދަނީ ބޮޑުތަނުން އިތުރުވަމުން ގޮސްފައިވާ ތަން ހަ އަހަރުތެރޭ ފާހަގަވެ އެވެ، 2019 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 19 ބިލިއަން ލިބުނު ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 25 ބިލިއަން ރުފިޔާއަށް އިތުރު ވެގެން ގޮސްފަ އެވެ. 

ސަރުކާރުގައި މަސައްކަތް ކުރައްވާ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުން -- ރައީސް އޮފީސް

ހަ އަހަރުގެ ޖުމްލަ ރިކަރަންޓް ހޭދަ

  • 1.2017 -- ރިކަރަންޓް ހޭދަ 14 ބިލިއަން
  • 2.2018 -- ރިކަރަންޓް ހޭދަ 18 ބިލިއަން
  • 3.2019 -- ރިކަރަންޓް ހޭދަ 21 ބިލިއަން
  • 4.2020 -- ރިކަރަންޓް ހޭދަ 20 ބިލިއަން
  • 5.2021 -- ރިކަރަންޓް ހޭދަ 24 ބިލިއަން
  • 6.2022 -- ރިކަރަންޓް ހޭދަ 27.8 ބިލިއަން

ހަ އަހަރު ދުވަހަށް ބަލާނަމަ އާމްދަނީ ކިތަންމެ ވަރަކަށް އިތުރު ވެގެން ދިޔަނަމަވެސް ދައުލަތުގެ ފުދުންތެރިކަން އިތުރުވާ ތަނެއް ނުފެނެ އެވެ. އެވްރެޖުކޮށް ހަ އަހަރު ދުވަހަށް ބަލާނަމަ 2017 އިން 2022 ގެ ނިޔަލަށް ޖުމްލަ ހަރަދަށް އެވްރެޖުކޮށް ދެ ބިލިއަން ރުފިޔާ އާއި ހަތަރު ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ވަނީ އިތުރުވަމުން ގޮސްފައެވެ. ހާއްސަކޮށް ރިކަރަންޓް ހޭދަ 2017 ގައި 14 ބިލިއަން ރުފިޔާގައި ހުރެ މިހާރު ވަނީ 28 ބިލިއަން ރުފިޔާ ފަހަނަ އަޅާ ގޮސްފަ އެވެ. ފެންނަނީ ސަރުކާރުތަކުން ރިކަރަންޓް ހަރަދަށް ކުރަމުންދާ ހޭދަ އިންތިހާ އަށް މަތިވެގެން ގޮސްފައިވާ ތަނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.