މިއަދު ހަވީރުން ފެށިގެން ކުޑަގިރީގެ ބުކިން ހުޅުވާލަނީ

ކުޑަގިރު އާންމުންނަށް ހުޅުވާލާނީ ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގަ އެވެ. އެހެން ދުވަސް ދުވަހު އެރަށް ފަތުރުވެރިންނަށާއި، ޕްރައިވެޓް އިވެންޓުތަކަށް ހުޅުވާލާނެ އެވެ.

ކުޑަގިރި: ރަށް އާންމުންނަށް ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހު

މާލޭ ސަރަހައްދުގެ އާންމުން ދަތުރު ދާން ހާއްސަކޮށް ތަރައްގީ ކުރި ކުޑަގިރީގެ ބުކިން މިއަދު ހަވީރުން ފެށިގެން ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ މާކެޓިން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ މިއަދު ހަވީރު 4:00 އިން ފެށިގެން އެ ކަމަށް ހާއްސަ ކޮށްފައިވާ އެޕާއި ވެބްސައިޓުން ބުކިންސް ހެދޭނެ ކަމަށެވެ.

ކުޑަގިރި ހުޅުވާލަނީ ކޮން ދުވަހަކު؟ - ކުޑަގިރި އާންމުންނަށް ހުޅުވާލަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ނިއުޝާދު ވިދާޅުވީ ހުޅުވާލާ ދުވަހު ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ 300 މީހުނަށް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން 500 އާއި 600 އާ ދެމެދުގެ އަދަދަކަށް މީހުންނަށް ޖާގަ ދެމުންދާނެ ކަމަށް ވިދާޅުވި އެވެ. ރަށް އެއްކޮށް ހުޅުވާލުމާއެކު އެއްފަހަރާ 1200 އެއްހާ މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޑަގިރިއަށް ދާން ފެރީ ފުރަން ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި މާލޭގެ ފެރީ ޓާމިނަލުންނެވެ. ހެނދުނު 6:30 އިން ފެށިގެން ދުވާލަކު ދެ ދަތުރު ކުރަން ހަމަޖެހި ފައި ވެއެވެ.

ކުޑަ ގިރި ހުޅުވާލާއިރު އެ ރަށަށް ދަތުރުދާ މީހުންނަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ޗޭންޖިން ރޫމް، ފާހާނާ ގެ އިތުރުން، ބާބަކިއު ހަދަން ހާއްސަ ސަރަހައްދަކާއި، ކުޑަކުދިންގެ ކުޅިވަރަށް ހާއްސަ ސަރަހައްދެއް ވެސް ހިމެނެއެވެ. އެރަށުގައި ފަސްވަގުތު ޖަމާއަތުގައި ނަމާދުކުރާ މިސްކިތެއް ހުރެއެވެ. މީގެ އިތުރުން ކުރިއާލާ ބުކް ކުރެވޭ އަށިތަކެއް ވަނީ އަޅާފައެވެ. އެއަށިތަކުގައި ފަސޭހައިން ކެއްކޭނެހެން، ކަރަންޓާއި، ފެން ގުޅާފައި ހުރެއެވެ.

ކުޑަގިރު އާންމުންނަށް ހުޅުވާލާނީ ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގަ އެވެ. އެހެން ދުވަސް ދުވަހު އެރަށް ފަތުރުވެރިންނަށާއި، ޕްރައިވެޓް އިވެންޓުތަކަށް ހުޅުވާލާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.