މީހުން ސަލާމަތް ކުރާ ފަރާތްތަކުން އަދިވެސް ތިބީ މަސައްކަތުގަ އެވެ. އެކަމަކު މީހުން ސަލާމަތް ކުރާ ސާމާނާއި އެކަމުގެ ތަޖުރިބާ އަދި ސަޕޯޓް މަދު ވުމުގެ އިތުރުން މޫސުމުގެ މައްސަލަ ބޮޑެވެ.
ތުރުކީއާއި ސީރިއާއަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިއަދު 15،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު މީހުން ސަލާމަތް ކުރާ ޓީމުތަކުގެ މަޑުޖެހުމާއި މީހުން ސަލާމަތް ނުކުރެވި މަރުވާ މީހުން އަދަދު މައްޗަށް އުފުލުމާއި ކާރިސާގެ ހާލަތާ ހެދި މީހުންގެ ނުތަނަވަސް ކަމާއި ރުޅިއާއި މާޔޫސްކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.
މިއަދުގެ ހެނދުނާ ހަމައަށް ތުރުކީން އެކަނި މަރުވި މީހުންގެ އަދަދު 12،391 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެ އެވެ. އަދި 298،000 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ. ސީރިއާގެ ނަމްބަރުތައް ވެސް ވަނީ އުފުލިފަ އެވެ.
ތުރުކީގައި އަންނަ މެއި މަހު އިންތިހާބު ބާއްވާއިރު އެ އިންތިހާބުގައި ވާދަ ކުރައްވާ ތުރުކީގެ ރައީސް ތައިބް އުރުދުޣާނަށް ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އޮތް މަޑު ޖެހުން ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. އިއްޔެ އުރުދުޣާން ވަނީ ޑިޒާސްޓާ ޒޯނަށް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ވިދާޅުވީ އޮޕަރޭޝަންތައް އާންމު ގޮތެއްގައި ހިނގަހިނގާ އޮތް ގޮތުން އަވަސް ކުރަން ޖެހޭ ކަމަށެވެ. އެއްވެސް މީހެއްގެ ގެދޮރު ގެއްލިގެން ދިޔަ ނުދެއްވާނެ ކަމަށެވެ.
ތުރުކީގެ 10 ސިޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެހީތެރިވާން ސިފައިން ފޮނުއްވި އުރުދުޣާން ވަނީ ބުދަ ދުވަހު ކަހުރަމަންމަރާސްއަށް ވެސް ޒިޔާރަތްކޮށް ގެއްލުންތައް ބައްލަވާފަ އެވެ.
"މާދަމާ ވެސް އަދި ފަހުން ވެސް ރަނގަޅުވާނެ. ދަތިން އަރައިގަނެވޭނެ،" އުރުދުޣާން ވިދާޅުވި އެވެ.
މީހުން ސަލާމަތް ކުރާ ފަރާތްތަކުން އަދިވެސް ތިބީ މަސައްކަތުގަ އެވެ. އެކަމަކު މީހުން ސަލާމަތް ކުރާ ސާމާނާއި އެކަމުގެ ތަޖުރިބާ އަދި ސަޕޯޓް މަދު ވުމުގެ އިތުރުން މޫސުމުގެ މައްސަލަ ބޮޑެވެ. އެހެން ވެސް ޝަކުވާތައް ހުރިހާ ދިމާއެއްގައި ދަނީ އުފުލެމުންނެވެ.
"ކޮބާ ދައުލަތް؟ ދުވަސް ގުނަމުންދާއިރު ކޮންތާކު ތިއްބެވީ؟ އަޅުގަނޑުމެން އާދޭސް މި ކުރަނީ" ވެއްޓުމުން ސްނޯ ފޮރުވިފައިވާ ވެއްޓިފައިވާ އިމާރާތެއް ކައިރީގައި އިން ސަބީހާ އަލިނަކް ބުދަ ދުވަހު ބުންޏެވެ. އޭނާގެ ގާތްތިމާގެ މީހުން ތިބީ ތާށިވެފައެވެ.
އުމުރުން 64 އަހަރުގެ މެލެކް ވަނީ ރެސްކިއު ޓީމުތައް މަޑުޖެހިފައިވާތީ ހިތާމަކޮށްފަ އެވެ: "އަހަރެ ބިންހެލުން ސަލާމަތްވި! ނަމަވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން ނުވަތަ މި ފިނީގެ ސަބަބުން މިތަނުގައި މަރުވެ ދާނެ،"