މިހާރު ގެއްލިފައިވާ ރަނގަޅު ކުޅުންތެރިންނަށް ފަހު ބާސެލޯނާގެ ރާޑަރުގައި ތިބީ ކޮން ކުޅުންތެރިންމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ބާސެލޯނާގެ ވަރަށް އިތުބާރު ހުރި މސްދަރުތައް ބުނާ ގޮތުން ބާސެލޯނާ އާއި ޕްރިމިއާ ލީގުގެ ޗެލްސީން ސެވިއްޔާގެ ފްރާންސް ތަރި ޖޫލްސް ކޫންޑޭ ހޯދަން ފެށި ހަނގުރާމައިން ބާސެލޯނާ މިހާރު ވަނީ އަތް ދޫކޮށްލާފަ އެވެ. އަދި މިހާރު ފެންނަ ގޮތުން ކޫންޑޭ ޗެލްސީއާ ގުޅޭނެ ކަމަށް ބެލެވެ އެވެ. އެއީ އެ ކުޅުންތެރިޔާ ހޯދަން ސެވިއްޔާ އެދޭ ފަދަ ރަސްމީ ބިޑެއް ބާސެލޯނާއިން ހުށަހަޅާފައި ނުވާތީ އެވެ.
ސެވިއްޔާއިން ޑިމާންޑް ކުރަނީ ކޫންޑޭ ވިއްކުމަށް 60 މިލިއަން ޔޫރޯއަށް ވުރެ މަތީ ޓްރާންސްފާ ފީއެއް ނަގާށެވެ. މިއީ ބާސެލޯނާގެ އަގާ އެއްވަރު އަދި ވިޔަފާރި ކުރަން އިންތިހާއަށް އުނދަގޫ އަދަދެކެވެ. ކޫންޑޭއާ އެކު ބާސާއިން ވާހަކަ ދައްކާ އެއްބަސްވުމެއް އޮތަސް އެ ކްލަބާ އެކު މިހާތަނށް އެއްވެސް ކަމަކަށް އެއްބަސްވެފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސެވިއްޔާގެ ޓްރެއިނިން ކޭމްޕަށް ލަސްކޮށްފައި ކޫންޑޭ ގުޅެން ނިންމީ ވެސް ބާސެލޯނާއަށް އޭނާ ހިފަހައްޓައިގެނެވެ. ނަމަވެސް އޭރުވެސް ކޫންޑޭ ހުރީ ޗެލްސީއާ ގުޅުމަށް ވެސް ހުޅުވިގެނެވެ.
ބްރެޒިލްގެ ރަފީނިއާ ޕޯލެންޑްގެ ރޮބަޓް ލެވަންޑޯސްކީ ގެންދިއުމަަށް ފަހު ބާސެލޯނާއިން ދިފާއު ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޖޯއަން ލަޕޯޓާ ފާޅުގައި ވަނީ އެއްބަސްވެފަ އެވެ. އެކަމަކު މިހާރު ގެއްލިފައިވާ ރަނގަޅު ކުޅުންތެރިންނަށް ފަހު ބާސެލޯނާގެ ރާޑަރުގައި ތިބީ ކޮން ކުޅުންތެރިންމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.