ނާއިބު ވިދާޅުވި ގޮތުގައި ކުޑަގިރި ފެރީގެ އަގަކީ 25 ރުފިޔާ އެވެ. އަދި ރަަށަށް އެތެރެވާން އެންޓްރެންސް ފީ ގެ ގޮތުގައި 50 ރުފިޔާ ނަގާނެ އެވެ. ނަމަވެސް އެއީ އާންމު ދުވަސްތަކުގައި ދަތުރު ދާނަމަ އެވެ.
ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑަށް އާންމު ދުވަސްތަކުގައި ދަތުރު ދާނަމަ އެންޓްރެންސް ފީ ގެ ގޮތުގައި 50 ރުފިޔާ ނަގަން ނިންމައިފި އެވެ.
އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. ނާއިބު ރައީސް މިއަދު ވަނީ ކުޑަގިރި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް އެ ރަށަށް ވަޑަައިގެންފައެވެ.
ނާއިބު ވިދާޅުވި ގޮތުގައި ކުޑަގިރި ފެރީގެ އަގަކީ 25 ރުފިޔާ އެވެ. އަދި ރަަށަށް އެތެރެވާން އެންޓްރެންސް ފީ ގެ ގޮތުގައި 50 ރުފިޔާ ނަގާނެ އެވެ. ނަމަވެސް އެއީ އާންމު ދުވަސްތަކުގައި ދަތުރު ދާނަމަ އެވެ. އާދިއްތަ އިން ބުރާސްފައްޗަށް ދިވެހީންނާއި ބިދޭސީންނަށްވެސް ދަތުރު ދެވޭނެ އެވެ.
ނަމަވެސް ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދަތުރު ކުރުން ވެސް ކުޑަގިރިއަށް އެރުމަށްވެެސް އެއްވެސް ފައިސާއެއް ނުނަގާނެ އެވެ. އެ ދުވަސްތައް ހާއްސަ ކުރާނީވެސް ދިވެހީންނަަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުޑަގިރި ތަރައްގީ ކުުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މިއީ 41.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
އެ ރަށް މި މަހު ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. ކުޑަގިރިއަށް ދަތުރު ދެވޭނީ ބުކް ކުރުމަށް ފަހު އެވެ.
މަސައްކަތް މުޅީން ނިންމާ އެ ރަށް މިދިޔަ މިނިވަން ދުވަހަށް ހުޅުވަން ސަރުކާރުން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ތާރީހަށް މަސައްކަތް ނިމި ހުޅުވޭވަރު ނުވިއެވެ. ފަހުން ބުނީ މިދިޔަ ނޮވެންބަރަށް ހުޅުވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތީ ހުރިހާ މަސައްކަތެއް ނިމި ހުޅުވަން މުޅީން ތައްޔާރު ވެފައެވެ.