މި މަޝްރޫއަށް ހަތް ކުންފުންޏެއް ކޮލިފައިވިއެވެ. ތަރައްގީކޮށް ނިމޭއިރު، ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖު އަދި އަލިފާން ނިއްވުމުގެ ހިދުމަތާއި އެ ނޫން ވެސް ފެސިލިޓީތައް ހުންނާނެ ކަމަށެވެ.
ކުންފުނީގެ ޗެއާމަން އަޒާން އަހުމަދު ޒުހައިރު ވިދާޅުވީ ގަމުގެ އެއާޕޯޓު ބޮޑު ކުރުމުގެ ޕްރޮޖެކްޓް އިންޑިއާގެ ރެނާޓަސްއާ މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ހަވާލު ކޮށްފައިވާ ކަމަށެވެ.
އިނގިރޭސީން އައްޑު އަތޮޅުގައި އަސްކަރީ ބޭނުމަށް ހެދި ގަން އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އެއާ ޕޯޓް ބޮޑު ކުރާ ޕްރޮޖެކްޓްގެ އެންމެ މުހިއްމު ބަޔަކީ އަހަރު 1.5 މިލިއަން މީހުނަށް ހިދުމަތް ދެވޭ ވަރަށް ޓާމިނަލް ބޮޑުކުރު ކަމަށާއި 18 ކައުންޓަރު ވެސް އިތުރު ވެގެން އަންނާނެ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓުން / ލޯނުން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ހަރަދު ކުރެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން އިންޑިއާގައި މި މަޝްރޫއަށް ހަތް ކުންފުންޏެއް ކޮލިފައިވިއެވެ. ތަރައްގީކޮށް ނިމޭއިރު ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖު އަދި އަލިފާން ނިއްވުމުގެ ހިދުމަތާއި އެ ނޫން ވެސް ފެސިލިޓީތައް ހުންނާނެ ކަމަށެވެ.
ރެނާޓަސް އަށް ޕްރޮޖެކްޓް ނުދީ ލާރިކޮޅު ހަވާލުކޮއްލިނަމަ...އެމީހުނަކީ މިތަނުގަ ގެ އަޅަން އައިބައެއް...ކޮން އެއާޕޯޓެއް އެމީހުނަށް ހެދޭނީ....އައްޑޫ ސިޓީ މަގުތަކަށް ވީހެން ވާނީ ހަމަ...ތި އެއަރ ޕޯޓެއް ނިމޭތަނެއް ނާންނާނެ...ހާވަހާވާ ތިބޭނީ ތި އިންޑިޔާ މީހުން