ބިދޭސީ މީހާ ވަނީ އޭނާގެ ޖިންސީ ގުނަވަން ކުއްޖާއަށް ދައްކާފައެވެ. އެ މަންޒަރު އެހެން ކުއްޖަކަށް ފެނި އެ ކުއްޖާ ވަނީ މިސްކިތުގަައި ތިބި މީހުންގެ ސަމާލުކަން އެކަން ގެނެސްފައެވެ.
މާލޭގައި މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
ޖަލާލުއްދީން މިސްކިތްތެރޭ ވުލޫކުރާ ބައިގައި އުމުރުން 10 އަހަރުވެސް ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރީ ބިދޭސީ އެކެވެ. އެ މީހާ އެ ކުއްޖާއަށް މީގެ ކުރީންވެސް އެކި ދުވަސްމަތީން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވެއެވެ.
ބިދޭސީ މީހާ ވަނީ އޭނާގެ ޖިންސީ ގުނަވަން ކުއްޖާއަށް ދައްކާފައެވެ. އެ މަންޒަރު އެހެން ކުއްޖަކަށް ފެނި އެ ކުއްޖާ ވަނީ މިސްކިތުގަައި ތިބި މީހުންގެ ސަމާލުކަން އެކަން ގެނެސްފައެވެ. ބިދޭސީ މީހާ ހައްޔަރު ކުރީ އާންމުންގެ ބަޔަކު އެ މީހާ ފުލުހާއި ހަވާލު ކުރުމުންނެވެ.
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ބިދޭސީ މީހާއަކީ މިސްކިތުގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހެއް ކަމަށް ވެއެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދަނީ ރެކޯޑް މިންވަރަށް އިތުރުވަމުންނެވެ. އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ވަރަށް ފަސޭހައިން އަލުން މުޖްތަމައުގެ ތެރެއަށް އާދެ އެވެ.