ލޯންޗު ގޮވި ވަގުތު ލޯންޗުގެ ވެރިފަރާތުގެ އިތުރުން އިތުރު މީހަކު ހުއްޓެވެ. ދެ މީހުންނަށް ވެސް ވަނީ ބޮޑެތި ޒަހަމްތައް ލިބިފައި އެވެ.
ދިއްގަރު ލޯންޗު ގޮވާފައި ވަނީ ސްޓާޓް ކޮށްލި ވަގުތު އެވެ. އެހާދިސާގައި ޒަހަމްވި ދެ ފިރިހެނުން އެންމެ ފުރަތަމަ ގެންދިޔައީ އެރަށު ސިއްހީ މަރުކަޒަށެވެ. އޭގެ ފަހުން ސީ އެމްބިއުލާންސްގައި 11:40 ހާއިރު މާލެ ގެނެސްފައި ވެއެވެ.
ނިޝާން ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކުގެ ދެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. ދެވަނަ މީހާއަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ
ރޯވި ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އެކަމަކު ލޯންޗުގެ އިންޖީނުގައި ރޮލެއް ނުވެ އެވެ.