ފޯނުގެ ބެޓެރި ހުސްވެ މާޔޫސްވުމުން ސަލާމާތްވާނެ ގޮތެއް!

ފޯނުތައް ޗާޖުކުރަން އެންމެ ރަނގަޅު ތަނަކީ މޭޒެއް ކަހަލަ ހަރު ތަނެއް. ފޯނަށް އަރާމު ވާނެ ކަމަށް ބަލައިގެން ބާލީހާއި އެނޫން ވެސް އެފަދަ ތަނެއްގައި ބާއްވާނެ ކަމެނެތް،

ފޯނުގެ ބެޓެރީ ޗާޖުކުރަން ރަނގަޅި 15 ޕަސެންޓަށް ވުރެ ވެސް ދަށްވުމުން އެކަމަކު ސަތޭކަ ޕަސެންޓަށް އެރުމުގެ ކުރިން ކަނޑާލުން ބުއްދިވެރި

ފޯނުގެ ބެޓެރީ ގިނަ ދުވަހަށް ދެމެހެއްޓުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ސަތޭކަ ޕަސެންޓަށް ޗާޖުނުކުރުވެ. ބެޓެރީ މާބޮޑަށް ހޫނުވާން ފެށުމުން އަވަހަށް ފިނިކުރަން ގެންގޮސް އައިސްއަލަމާރިއަށް ނުލާށެވެ. ކަފަބާލީހެއް މަތީގައި ބޭއްވުމަކުން ފޯނަށް ވާނެ އެއްވެސް އަރާމެއް ނޯންނާނެ އެވެެ.

ސްމާޓްފޯނަށް ލައްވާފައި އޮންނަ ބެޓެރީގެ އުމުރު ގިނަ ދުވަހަށް ދަންމާލުމަށް އޮތް ސިއްރަކީ 100 ޕަސެންޓަށް ޗާޖު ނުކުރުމެވެ. ސަބަބަކީ ބެޓެރީގެ ޒަމާން ދިއުން ބިނާވެފައި އޮންނަނީ ޗާޖު ކުރެވޭ ނިސްބަތަށް ކަމަށް ވާތީ އެވެ.

ފޯނުގެ ބެޓެރީ 100 ޕަސެންޓަށް އެރުމުން އެ ފުރިހަމަވީ އެއް ބުރެވެ. މި އުސޫލުން ބެޓެރީ 100 ޕަސެންޓަށް ޗާޖުކުރެވޭ ކޮންމެ ފަހަރަކީ ބުރެކެވެ. ފޯނު ބޭނުން ކުރަން ފަށާ ދުވަހުން ފެށިގެން ބެޓެރީ ޗާޖުކުރެވިފައި ވަނީ ކިތައް ފަހަރުތޯ ބަލަނީ މި ގޮތަށެވެ.

މިގޮތަށް ގިނަ ސައިކަލް -- ގިނަ ބުރު ފުރިހަމަވުމުން އެ ފޯނުގެ ބެޓެރީ ބާރު ދަނީ ކަމަށް ނިންމާނެ އެވެ. އަދި އާ ބެޓެރިއެއް ލައްވަން ޖެހޭނެ އެވެ.

ފޯނުގެ ބެޓެރީ 100 ޕަސެންޓަށް އެރުމުގެ ކުރިން ޗާޖުން ނައްޓާލާށެވެ. އެގޮތުގައި އެއީ ފުރިހަމަ ބުރެއް -- ސައިކަލެއް ކަމަށް އޭރުން ނުބަލާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާންމުކޮށް ލިތިއަމް އަޔަން ބެޓެރީއެއް ޗާޖުކުރެވޭނީ 400 – 500 ފަހަރެވެ. އެއަށް ފަހު ބެޓެރިއާ ގުޅިފައި ހުރި ކޫސަނި މައްސަލަތައް ފޯނުން ފެންނަން ފަށާނެ އެވެ. ބައެއް ފަހަރު ފޯނުގެ ހިނގުން ލަސްވެ ނުވަތަ ކުއްލިއަކަށް ނިވުން ފަދަ ކަންތައްތައް ތަޖުރިބާ ކުރެވެން ފަށާނެ އެވެ.

ފޯނުގެ ބެޓެރީ ޗާޖުކުރާ ކޮންމެ ފަހަރަކު 100 ޕަސެންޓަށް ޗާޖުވެފައި އޮންނަ ތަން ފެނުމުން ނަފުސާނީ ގޮތުން ހިތް ތަނަވަސް ވެގެން ދާނެ އެވެ. އެކަމަކު ކޮންމެ ފަހަރަކު 100 ޕަސެންޓަށް ޗާޖުކުރާ ނަމަ ދާދި އަަވަހަށް އޭގެ އަގު ދައްކަން ޖެހި ނަފުސާނީ ގޮތުން މާޔޫސްވާ ގޮތް ވާނެ އެވެ.

ޒަމާނީ ފޯނުތައް -- މިސާލަކަށް އައިފޯން މަރުކާގެ ފަހުގެ ފޯނުތަކާއި ގޫގުލް ޕިކްސެލް މަރުކާގެ ފޯނުތަކުގެ ބެޓެރީ ޗާޖު 80 ޕަސެންޓަށް އެރުމުން ޗާޖުކުރުން ހުއްޓާލަ އެވެ. އަދި މި ގޮތުގައި ޗާޖު ކުރުން ދަމަހައްޓައި 100 ޕަސެންޓަށް ޗާޖުކުރުން ލަސްކޮށްލަ އެވެ. މީގެ ބޭނުމަކީ ފޯނުގައި އިންނަ ބެޓެރީ ޗާޖުކުރެވޭ ހާލަތުގައި ގިނަ ދުވަހަށް ދެމެހެއްޓުމެވެ.

އެނދުމަތީގައި ބާލީސް ދަށުގައި ނުވަތަ ރަޖާގަނޑުން ނިވައިވާ ގޮތަށް ބެޓެރީ ޗާޖުކުރުަން ފޯނު ނުބާއްވާށެވެ. ފޯނުގެ ހޫނުމިން މާ މައްޗަށް އެރުމަކީ ވެސް ބެޓެރީ ހަލާކުވުން އަވަސް ކުރުވާ ކަމެކެވެ.

ފޯނުގެ ބެޓެރީ މާބޮޑަށް ހޫނުވާން ފެށުމުން ގެންގޮސް އައިސްއަލަމާރިއަށް ނުލާށެވެ. ބެޓެރީގެ ފިނިހޫނުމިން ކުއްލިއަކަށް ބަދަލުވުމަކީ ވެސް ގޯހެކެވެ. އަނެއްކޮޅުން މާބޮޑަށް ފިނިތަނެއް ނަމަ ފޯނުގައި ފެން އުފެދުން ވެސް އެކަށީގެންވެ އެވެ.

ފޯނު ޗާޖުކުރަން އެންމެ ރަނގަޅު ތަނަކީ މޭޒެއް ކަހަލަ ހަރު ތަނެކެވެ. ފޯނަށް އަރާމު ވާނެ ކަމަށް ހީކޮށް ކަފަބާލީގެއްގައި ބާއްވާނެ ކަމެއް ނެތެވެ. އެއަކަށް އެއްވެސް އަރާމެއް ނުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.