އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، މިހާރަށްވުރެ އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ)ގެ ޓާމިނަލް ތަރައްގީކޮށް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާނެއް ކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނެފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުގެރޭ 12:00 އާ ހަމައަށް ބިޑް ރެޖިސްޓްރޭޝަން ހުޅުވާލައިފައިވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.
އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، މިހާރަށްވުރެ އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ.
މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގަ އެވެ. އޭރު އޮތީ ދެވަނަ ފިޔަވައްސެއް ކުރިއަށް ގެންގޮސްގެން މި އެއާޕޯޓް އިތުރަށް ބޮޑު ކުރާ ގޮތަށެވެ.
މި ސަރުކާރުން މި އެއާޕޯޓުގެ އެކްސްޕެންޝަން މަސައްކަތް ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 27.1 މިލިއަން ޑޮލަރަށެވެ. މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރަށް މިހާރު ހަދާފައިވާ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑު ކުރާނެ އެވެ.