ކުޑަގިރިއަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް

އެމްޓީސީސީއާ ހަވާލުކޮށްގެން ކުޑަގިރި ތަރައްގީ ކުުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މިއީ 41.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

ކުޑަގިރި

ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑަށް ހާއްސަ އެޕްލިކޭޝަނެއް ލޯންޗްކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގަައި މި އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިިރިއާ ގުޅޭ ތަފާތު މައުލޫމާތުތައް ލިބޭނެ އެވެ. 

އެމްޓީސީސީއާ ހަވާލުކޮށްގެން ކުޑަގިރި ތަރައްގީ ކުުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މިއީ 41.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

އެ ރަށް މި މަހު ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. ކުޑަގިރިއަށް ދަތުރު ދެވޭނީ ބުކް ކުރުމަށް ފަހު އެވެ. އެހެން ކަމުން މިއަދު ލޯންޗްކުރި އެޕްލިކޭޝަން އެކަމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ.

މަސައްކަތް މުޅީން ނިންމާ އެ ރަށް މިދިޔަ މިނިވަން ދުވަހަށް ހުޅުވަން ސަރުކާރުން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ތާރީހަށް މަސައްކަތް ނިމި ހުޅުވޭވަރު ނުވިއެވެ. ފަހުން ބުނީ މިދިޔަ ނޮވެންބަރަށް ހުޅުވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތީ ހުރިހާ މަސައްކަތެއް ނިމި ހުޅުވަން މުޅީން ތައްޔާރު ވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.