ލަންކާގެ ރައީސް ކަމަށަ ރަނިލް

ރަނިލް ވިކްރަމަސިންހައާ ވާދަކުރެއްވީ ދުލާސް އަލަހައްޕެރޫމާ އާއި އަނޫރާ ކުމާ ޑިސަނާޔަކޭ އެވެ. ލަންކާގައި ރައީސަކު ހޮވަން މިއަދު އޮތް ޖަލްސާގައި މަޖިލީހުގެ 223 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ލަންކާގެ އާ ރައީސަކީ ރަނިލް

ހަމަނުޖެހުންތަކުގެ ތެރެއިން ވަގުތީ ރައީސް ކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ސްރީލަންކާގެ ރައީސް ކަމަށް ހޮވައިފި އެވެ.

ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން ދައުރު ނިމެންދެން ރައީސްކަން ކުރާނެ ބޭފުޅަކު ހޮވަން ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓް ރަނިލް ކާމިޔާބު ކުރެއްވީ 134 ވޯޓް ހޯއްދަވައިގެނެވެ. ރަނިލްއާ ދަކުރެއްވީ ދުލާސް އަލަހައްޕެރޫމާ އާއި އަނޫރާ ކުމާ ޑިސަނާޔަކޭ އެވެ.

ރައީސަކު ހޮވަން މިއަދު އޮތް ޖަލްސާގައި މަޖިލީހުގެ 223 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ދެ މެމްބަރަކު ވޯޓު ނުދެއްވަ އެވެ. 219 ވޯޓް ސައްހަ އެވެ. ހަތަރު ވޯޓަކީ ބާތިލް ވޯޓް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރަނިލް ވަނީ 1993 ވަނަ އަހަރުން 1994 ވަނަ އަހަރަށް، 2001 ވަނަ އަހަރުން 2004 ވަނަ އަހަރަށް، 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށް، 2018 ވަނަ އަހަރުން 2019 އަހަރަށް ސްރީލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން އެ ގައުމުގެ ރައީސް ކަމަށް ގެންނަން ތާއީދު ކުރެއްވީ އެހެން ބޭފުޅެކެވެ. ރަނިލް އިންތިހާބު ކާމިޔާބު ކުރުމުން ސިޔާސީ ހަލަބޮލިކަން އަދިވެސް އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.