ވާހަކަ ނުދައްކާ ދެދުވަސް، ތިންވަނަ ދުވަހު ހަސަންބެ ގެއްލުނީ

ކޮންމެ ދުވަހަކުވެސް ބަނދަރު ސާފު ކުރުމުގެ މަސައްކަތް ހަސަންބެ ކުރަނީ އެއީ އޭނާގެ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. މީހުން އަޅާފައި ހުންނަ ކުންޏާއި ކަނޑުން ބަނދަރަށް ޖަމާވެފައި ހުންނަ ކުނިތައް ނަގާ ސާފުކޮށް ހަަދައެވެ. އިއްޔެވެސް އެ މަސައްކަތް ކުރި އެވެ.

ހަސަން އަލީ ހޯދަން މަތިވެރި ރައްޔިތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

އއ. މަތިވެރި، ރިވެލި / ހަސަން އަލީ (ހަސަންބެ) އަކީ އެންމެންނާ ވެސް ގުޅޭ ވަރަށް ސަމާސާ ބޮޑު މީހެކެވެ. ރަށުގެ އިޖްތިމާއީ މަސައްކަތުގައި ވެސް އޭނާގެ ނަން ހާއްސަ އެވެ. ހަސަންބެގެ އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ މަތިވެރީގެ ބަނދަރު ރީތިކޮށް ބޭއްވުމަށް އޭނާ އިސްނަގައިގެން ކުރާ މަސައްކަތެެވެ.

ކޮންމެ ދުވަހަކު ވެސް ބަނދަރު ސާފު ކުރުމުގެ މަސައްކަތް ހަސަންބެ ކުރަނީ އެއީ އޭނާގެ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. މީހުން އަޅާފައި ހުންނަ ކުންޏާއި ކަނޑުން ބަނދަރަށް ޖަމާވެފައި ހުންނަ ކުނިތައް ނަގާ ސާފުކޮށް ހަަދައެވެ. އިއްޔެ ވެސް އެ މަސައްކަތް ކުރި އެވެ.

ހަސަން އަލީ ހޯދަން މަތިވެރި ރައްޔިތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މިއަދު ހެނދުނު ނުވައެއްޖަހާ އެހާކަންހާއިރު ހަސަންބެ ނުފެނިގެން އޭނާ ހޯދުމުގެ މަސައްކަތް މަތިވެރި ރައްޔިތުން ވަނީ ފަށާފަ އެވެ. ހަސަންބެގެ ހަބަރެއް ނުވެގެން ހޯދަން ފެށިއިރު އޭނާ އެންމެ ފަހުން ފެނިފައި ވަނީ ރޭގެ މަޣުރިބު ނަމާދު ވަގުތު އެރަށު ކުޑަ މިސްކިތް ކައިރީންނެވެ.

އާއިލާއިން ބުނި ގޮތުގައި ރޭ ކާން ވެސް ނާދެ އެވެ. އަދި ނިދަން ވެސް ނާދެ އެވެ. ނަމަވެސް ކަމެއް ގޯސްވެ ހަސަންބެ ގެއްލިއްޖެކަން އާއިލާއަށް އެނގުނީ މިއަދު ހެނދުނު އެވެ. އެހެން ކަމުން ވަގުތުން ކައުންސިލަށް އެކަން އެންގި އެވެ. އަދި ކައުންސިލްގެ ގޮވާލުމަށް ރަށުގެ ކުދި ބޮޑު އެންމެން ނިކުމެ ހަސަންބެ ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. 

ހަސަން އަލީ: އޭނާ ގެއްލިގެން ހޯދަމުން ގެންދޭ

ހަސަންބެގެ މިޒާޖަށް ކުއްލި ބަދަލެއް

ހަސަންބެ ގެއްލުމާއި ގުޅިގެން އެންމެ ގިނަ ބަޔަކަށް ފާހަގަވި އެއް ކަމަކީ އޭނާގެ މިޒާޖަށް މި ފަހުން އައި ކުއްލި ބަދަލެވެ. އެ ބަދަލު އަައި ކަން ރަށުގެ މީހުންނަށް ފާހަގަވީ ހަސަންބެ ކުއްލި އަކަށް ގެއްލުމުންނެވެ.

މަތިވެރީން ވާހަކަ ދެއްކި ވަަރަށް ގިނަ މީހުން ބުނި ގޮތުގައި ހަސަންބެ އަކީ ކުރީން ވަަރަށް ސަމާސާ ބޮޑު މީހެކެވެ. ކުޑަކުދީންނާއި ސަމާސާ ކުރުމާއި އެ ކުދީންނަށް ހަދިޔާ ދިނުން ފަދަ ކަންކަން ކުރެއެވެ. ނަމަވެސް މިދިޔަ ދެތީން ދުވަހު މުޅީން ތަފާތެވެ.

އެންމެ ބޮޑު ތަފާތަކީ މީހުންނާއި ވާހަކަ ދެއްކުން މުޅީން ހުއްޓާލުމެވެ. މަޑުވެފައި ހުރުމެވެ.

"އެންމެ ފަހުން ރޭ ފެނުނުއިރު ވެސް އެއްވެސް ވާހަކައެއް ނުދައްކާ. އެހެން ނޫނީ އަޅުގަނޑުގެެ ދަރިފުޅު ފެނުނީމަ އަނގައިން ނުބުނެ ހަސަންބެ ނުހުންނާނެ. އެކަމަކު ރޭގައި އަޅުގަނޑު ދަރިފުޅާއެކު ހަސަންގެ ކައިރިއަށް ދިއުމުން ވެސް އިސް އުފުލާ ބަލައިވެސް ނުލާ،"

ހަސަންބެ ފެނޭތޯ ކަނޑުގެ ސަރަހައްދު ބަލަން ލޯންޗެއް ފުރަން ތައްޔާރު ވަނީ

ހަސަންބެ އާއިލާއިން ބުނީ އިއްޔެ މެންދުރު ފަހުން ފެށިގެން ހަސަންބެ ގެއަށް ނާންނަ ކަމަށެވެ.

"އިއްޔެ މެންދުރު ގޭގައި މާސްކެއް ހިފައިން އުޅެނިކޮށް ކުއްޖަކަށް ފެނުނު. އޭގެ ފަހުން ނޭންގެ ވީ ގޮތެއް،"

ހޯދުމުގެ މަސައްކަތުގައި 12 އުޅަނދު

ހަސަންބެ ހޯދުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މިހާރުވެސް މަަތިވެރި ވަށައިގެންވާ މޫދާއި ކަނޑުގެ ސަަރަހައްދު ވަނީ ބަލާފައެވެ.

އެގޮތުން މަތިވެރި ބޭރުން ހަތް މޭލު ބޭރު ވަށައިގެން ވަނީ ބަލާފައެވެ. އެ މަސައްކަތުގައި ޑިންގީ އާއި ދޯނި ފަހަރާއި ލޯންޗު ހިމެނޭހެން 12 އުޅަނދެއް ހަރަކާތްތެރިވެއެވެ.

ނަމަވެސް ހަސަންބެގެ އެއްވެސް ހަބަރެއް އަދި ނުވެއެވެ.

ހަސަންބެ ފެނޭތޯ ކަނޑުގެ ސަރަހައްދު ބަލަން ލޯންޗެއް ފުރަން ތައްޔާރު ވަނީ
ހަސަން އަލީ އަކީ ކާކު؟ އއ. މަތިވެރި، ރިވެލި ހަސަން އަލީ ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކަައިވެންޏަށް ނުވަ ކުދީން ލިބިފައިވެއެވެ. ހުރިހާ ކުދީންވެސް ވަނީ ބޮޑުވެފައެވެ. މިވަގުތު މީހަކާ އިނދެން ނޫޅުނު ނަމަވެސް ކުދީންގެ މަންމަ އާއި ގިނަ ކުދީންނާއެކު ހަސަންބެ ދިރިއުޅެނީ ރިވެލީގައެވެ.

މަތިވެރީ ކައުންސިލުން ބުނި ގޮތުގައި ހަސަންބެ އަކީ ކުރީން ދާ އުކަން / ދާ އަޅަން ގޮސް އުޅުނު މީހެކެވެ. ނަމަވެސް އެ މަސައްކަތް ނުކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ފީނަށް ގޮސްދާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބުންޏެވެ.

ނަމަވެސް ހަސަންބެ ފެނޭތޯ މުޅި މަތިވެރި ބަލައިފި އެވެ. އެއްވެސް ހިލަމެއް ނެތެވެ. މިވަގުތު އަނެއްކާވެސް ދޯނިތަކާއި ލޯންޗުތަކަށް ތައްޔާރު ވަނީ ހަސަންބެގެ ހަބަރެއް ވޭތޯ ކަނޑުގެ ސަރަހައްދު ބެލުމަށް ނިކުންނާށެވެ. ހެނދުނު ނިކުތް 12 އުޅަނދުގެ ތެރެއިން ނުވަ އުޅަނދެއް ވަނީ އަސުރަށް ރަށަށް ބަނދަރު ކޮށްފައެވެ. ތިން އުޅަނދެއް ހަސަންބެ ފެނޭތޯ ފެށި މަސައްކަތުގައެވެ.

މަތިވެރީގައި މިއަދު އެހެން އެއްވެސް މަަސައްކަތެއް ނެތެވެ. އޮތީ ހަސަންބެ ހޯދުމެވެ. މުޅި ރަށު ރައްޔިތުންގެ އުންމީދަކީ ހެޔޮ ހާލުގައި ހަސަންބެ ފެނުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.