ފިރިހެނަކަށް ބިރުދައްކައި ފޭރުނު އަންހެނަކު ޖަލަށް

އޭނާ އުޅޭ ކޮޓަރިއަށް ދިއުމުން ފިރިހެން މީހާގެ ބަރަހަނާ ފޮޓޯއެއް ނެގުމަށް ފަހު އޭނާ އަށް ބިރުދައިގެން ފޭރިފައިވެ އެވެ.

ކްރިމިނަލް ކޯޓު: މީހަކަށް ބިރުދައްކަިއ ފޭރުނު އަންހެނަކު ވަނީ ހަތް މަހަށް ޖަލަށް ލާފައި -- މި

ފިރިހެނަކު ކުލީ ކޮޓަރިއަކަށް ގެންގޮސް، ބަރަހަނާ ފޮޓޯއެއް ލީކް ކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ފޭރުނު އަންހެނަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގދ. ގައްދޫއަށް ނިސްބަތްވާ އައިޝަތު ނަޒްމާގެ މައްޗަށް ސާބިތުވެފައި ވަނީ ފޭރުމުގެ ކުށެވެ. ޖެނުއަރީ 23، 2021 ވަނަ ދުވަހު މުހައްމަދު ނާސިރު ކިޔާ މީހަކަށް ގުޅައިގެން ނަޒްމާ އޭރު އުޅެމުން ދިޔަ ކުލީ ކޮޓަރިއަށް ދައުވަތު ދީފައިވެ އެވެ. 

އޭނާ އުޅޭ ކޮޓަރިއަށް ދިއުމުން ފިރިހެން މީހާގެ ބަރަހަނާ ފޮޓޯއެއް ނެގުމަށް ފަހު އޭނާއަށް ބިރުދައިގެން ފޭރިފައިވެ އެވެ. އެ ފޮޓޯ ފޭސްބުކަށް ލާނެ ކަމަށް ބުނެ ބިރު ދެއްކުމަށް ފަހު އޭނާގެ ފޯނު އަތުލައިގެން އެކައުންޓްގައި ހުރި ފައިސާ ވެސް ޓްރާންސްފާ ކޮށްފައިވެ އެވެ. 

  •  އެކައުންޓްގައި ހުރި 2000 ރުފިޔާ
  •  ވޮލެޓުގައި ހުރި 350 ރުފިޔާ
  •  ސެމްސަންގް ގެލެކްސީ އެސް 9 ފޯނު

މިއަމަލު ހިންގާފައި ވަނީ ނަޒްމާގެ އިތުރުން ދެ ފިރިހެނުންނެވެ. ދެ ފިރިހެނުންގެ ބައި ކޯޓުގައި ކުރިއަށް ގެންދަނީ ވަކިންނެވެ.

ކޯޓުން ނަޒްމާގެ މައްޗަށް ކޮށްފައިވާ ހުކުމުން އެނގޭ ގޮތުގައި ނަޒްމާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އޭނާ ކުށަށް އިއުތިރާފު ވުމުންނެވެ. އެހެންވެ، އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފައިވެ އެވެ.

އޭނާ ޖަލުގައި ހޭދަ ކޮށްފައިވާ މުއްދަތު ކެނޑުމަށްފަހު ދެން ތަންފީޒުކުރަން ޖެހޭނީ ހަމަހާއި 21 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.