ފަޒްލޫނާއި ނިޝާންގެ ޝަރީއަތް ލައިވްކޮށްދޭން އެދެފި

މިއަދު އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީއެއް ނުވެ އެވެ. އެއީ ދިފާއީ ވަކީލަށް މިއަދު ލިޔެކިޔުންތައް ލިބިފައިވާތީ ދިރާސާ ކުރަން އަދި ވަގުތުކޮޅެއް ބޭނުން ވެގެނެވެ.

ދެ އިލްމުވެރިން ކޯޓުގައި: އަޑުއެހުންތައް ލައިވް ކޮށްދޭން. ވަނީ އެދިފައިވޭ

ޖޫން 21، 2022 ގައި ބޭއްްވި ޔޯގާ އިވެންޓް ހުއްޓުވުމުގައި އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ އުފުލާފައިވާ ދެ އިލްމުވެރީން ކަމަށްވާ ޝައިހު އާދަމް ނިޝާނާއި ޝައިހު ފަޒްލޫން މުހައްމަދުގެ ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުންގެ ފަރާތުން އެދެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުމުގައި ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފައިވާތީ މިއަދުގެ އަޑުއެހުމަށް ދެ އިލްމުވެރިން ވެސް ވަޑައިގަތީ ވަކީލަކާއެކު އެވެ.

ދެ އިލްމުވެރިންގެ މައްޗަށް އުފުލި ދައުވާ

  •  ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ
  •  ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރަށް ޖަލަށްލުން

ދެ އިލްމެވެރިންގެ ދިފާއީ ވަކީލް އަލީ ސައީދު އެދިވަޑައިގަތީ މިއީ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް މައްސަލައަކަށް ވާތީ ޝަރީއަތް ލައިވް ކޮށްދިނުމަށެވެ. އެކަމަކު ގާޒީ ހުސެއިން ފާއިޒް ރަޝާދު އެކަމާ ގުޅޭ ގޮތުން ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އެއީ ދިފާއީ ވަކީލަށް މިއަދު ލިޔެކިޔުންތައް ލިބިފައިވާތީ ދިރާސާ ކުރަން އަދި ވަގުތުކޮޅެއް ބޭނުންވާނެ ކަމަށް ވިދާޅުވެފައި ވާތީ އެވެ.

  • 1.ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މާޗުގައި
  • 2.އެދުވަހު ދައުވާއަށް ޖަވާބުދާރީވުން އޮންނާނެ
  • 3.އެދުވަހު ހެކި ހާމަކުރުން ވެސް އޮންނާނެ
  • 4.ދައުލަތުން އޮތީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ވެސް އެދިފައި

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމުގައި ދެ އިލްމުވެރިންނާއެކު 18 މީހަކަށް ވަނީ ދައުވާ ކޮށްފަ އެވެ. ޝަރީއަތް ހިންގަނީ އެކި މީހުން ވަކިންނެވެ. އެކަމަކު ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއް ނިންމާއިރު ހުރިހާ އެންމެންގެ ޝަރީއަތް އެއްކޮށް ކުރިއަށް ގެންދިއުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.