ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޮއެލީ އިސްކޮށް ހުންނަވައިގެން މިދިޔަ މެއި މަހުގެ ތެރޭ ރޯމަން އަބްރަމޮވިޗް އަތުން 4.25 ބިލިއަން ޕައުންޑަށް އެ ކްލަބު ގަތީއްސުރެ ދަނީ ހުއްޓާ ނުލައި ހަރަދު ކުރަމުންނެވެ.
ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއި ހޯދި ކާމިޔާބާ ހަމައިން އިނގިރޭސި ކްލަބް ޗެލްސީގެ އާ ވެރިން އެންމެ ބޮޑަށް ފާރަލައި ލޯ އަޅަމުން ގެންދިޔަ ކުޅުންތެރިޔަކީ ޕޯޗްގަލްގެ ބެންފިކާއަށް ކުޅެމުން އައި އާޖެންޓީނާ ތަރި / މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.
އޭނާ ހޯދަން ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ޗެލްސީގެ ވެރިން ވަނީ ބުނެފަ އެވެ. އެންމެ ފަހުން ރޭ ޖަނަވަރީ ޓްރާންސްފާ ބާޒާރު ސުންގަޑިއާ ހަމައިން އެކަން ކާމިޔާބުކޮށް އިނގިރޭސި ރެކޯޑް ފީއަކަށް، 121 މިލިއަން ޔޫރޯ (107 މިލިއަން ޕައުންޑް) ގެ އެއްބަސްވުމެއް ހަދައި އެންޒޯ ފެރްނާޑެސް ހޯދައި ޓީމްގެ ވައިސް ކެޕްޓަން ބްރެޒިލަށް އުފަން އިޓަލީގެ ޖޯޖީނިއޯ ވާދަވެރި އާސެނަލް އަށް ކުޑަ އަގެއްގައި ދޫކޮށްލާފަ އެވެ.
އެންޒޯ ހޯދަން ޗެލްސީން ހެދި މި އެއްބަސްވުމަކީ 2021 ވަނަ އަހަރު އިނގިރޭސި ޕްލޭމޭކާ ޖެކް ގްރީލިޝް މެންޗެސްޓާ ސިޓީއަށް ގަންނަން ކުރި ވިޔަފާރިއަށް ފަހު ޓްރާސްންފާ ބާޒާރުގައި ކުރި އެންމެ ބޮޑު ވިޔަފާރި އެވެ.
ބެންފިކާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެންޒޯ ފެރްނާންޑޭޒް ބޭނުންވާ ގޮތަށް އަދި ޗެލްސީގެ ހުށަހެޅުމަށް ޗެލްސީ އެފްސީއާ އެކު އެއްބަސްވުމަކަށް އާދެވި ނިމިފައިވާ ކަމަށެވެ.
މިދިއަ އޮގަސްޓް މަހު 10 މިލިއަން ޕައުންޑަށް ބެންފިކާއާ ގުޅުނު އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޗެލްސީއަށް ބަދަލުވުމުން ޖެނުއަރީ މަހު ޗެލްސީން ކުރި ކުޅުންތެރި ހޯދަން ކުރި ހަރަދު 288 މިލިއަން ޕައުންޑަށް އަރަ އެވެ. މީ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ކްލަބެއްގެ ރިކޯޑެވެ.
ޗެލްސީން ވަނީ ޖެނުއަރީ މަހު ދާއިމީ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކުޅުންތެރިޔާ ނޯނީ މަޑޫއެކޭ އާއި ޔުކްރޭންގެ މުޑްރިކް އާއި އައިވަރީ ކޯސްޓްގެ ޑޭވިޑް ފޮފާނާ އާއި ބްރެޒިލްގެ އަންދްރޭ ސަންޓޯސް އާއި ބެނޮއިޓް ބަޑިއާޝިލޭ އަދި މަލޯ ގުސްޓޯ ހޯދާފަ އެވެ.
އެޓީމާ ގުޅުމުގެ މަގުމަތީގައި ފްރާންސްގެ ތަރި އެންކުންކޫ ވެސް އެބަހުއްޓެވެ. މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑުން ލޯނެއްގެ ދަށުން ޖޯއާއޯ ފެލިކްސް ގެންގޮސްފައި ވެއެވެ.
ޗެލްސީގެ އެންމެ ފަހުން ކާމިޔާބުތައް ހޯދައިދިން ޖަރުމަނު ކޯޗް ތޯމަސް ޓުހޫލް ވަކިކޮށް ގްރެހަމެ ޕޮޓާއާ ހަވާލު ކުރި ފަހުން މަގާމުން ސޮއްސާލައި މިވަގުތު ޓީމް އޮތީ ލީގު ޓޭބާލެގެ މެދުތެއަށް ވެއްޓިފަ އެވެ.
ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޮއެލީ އިސްކޮށް ހުންނަވައިގެން މިދިޔަ މެއި މަހުގެ ތެރޭ ރޯމަން އަބްރަމޮވިޗް އަތުން 4.25 ބިލިއަން ޕައުންޑަށް އެ ކްލަބު ގަތީއްސުރެ ދަނީ ހުއްޓާ ނުލައި ހަރަދު ކުރަމުންނެވެ. އޭނާ އާއި ބައިވެރިންގެ އަމާޒަކީ ފުޓްބޯޅާގައި ރޮމާން އަބްރޮމަވިޗް ގެނަފަދަ ޒަމާނީ ޒުވާން އިންގިލާބެއް ގެނައުމެވެ.