ގޫގުލްއަށް 370 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

ރޮސްކޮމަޑްޒޯރް އިން މީގެ ކުރިން ވެސް ގޫގުލް ޖުރިމަނާކުރި އެވެ. އެހެން ނަމަވެސް މިއީ ރަޝިއާ އިން ގޫގުލް ޖޫރިމަނާކުރި އެންމެ ބޮޑު އަދަދު ކަމަށް ބުނެވެ އެވެ.

ގޫގުލް: ރަޝިއާއިން ކުރިން ވެސް ގޫގުލްއާ އަރައިރުންވެ ޖޫރިމަނާ ކުރި
  •  މިއީ ރަޝިއާއިން ގޫގުލް ޖޫރިމަނާ ކުރި އެންމެ ބޮޑު އަދަދު
  •  ގޫގުލް ޖޫރިމަނާ ކުރީ ފޭކް ކޮންޓެންޓްތައް ބްލޮކް ނުކޮށްގެން


ގޫގުލް 373 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން މޮސްކޯ ކޯޓަކުން ހުކުމް ކޮށްފި އެވެ. ގޫގުލް އަށް މިވަރުގެ ބޮޑު ޖޫރިމަނާއެއް ބޮލުގައި އަޅަން ޖެހުނީ ރަޝިއާ ބުނާ ގޮތުން ސެންސަރުކުރަން ޖެހޭ ލިޔުންތަކެއް ސެންސަރު ނުކުރުމުންނެވެ. ރަޝިއާ އިން ކުރިއާލައި ގޫގުލްއަށް އޮތީ އިންޒާރުދީފަ އެވެ. އެއީ ރަޝިއާގައި ގޫގުލް ބޭނުންކުރާ މީހުންނަށް ފެނިގެން ނުވާނެ ލިޔުންތަކެއް އާންމުކޮށް ނުފެންނަ ގޮތް ހެދުމަށް ގޫގުލަށް ތަކުރާރުކޮށް އެންގި ނަމަވެސް އެކަމަށް ފިޔަވަޅު އަޅާފައި ނުވާތީ އެވެ.

ރަޝިއާގެ ކޮމިއުނިކޭޝަން ރެގިއުލޭޓަރު، ރޮސްކޮމަޑްޒޯރް އިން ބުނީ ޔުކްރޭން ހަނގުރަމާއާ ގުޅޭ ގޮތުން ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް ހިތްވަރު ނުދިނުމަށް ގޫގުލްއަށް އަންގާފައި ވާނެ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ވެސް ރަޝިއާ އާއި ގޫގުލްއާ ދެމެދު އަރައިރުން އޮވެ އެވެ. އެހެން ނަމަވެސް، ފޭސްބުކާއި އިންސްޓާގްރާމް އަދި ޓްވިޓާ ބްލޮކްކޮށްފައިވާ ގޮތަށް ގޫގުލްއަށް ބަންދު ކަނޑައަޅާފައެއް ނުވެ އެވެ. ޔޫޓިއުބްގައި ހުރި ބައެއް ކޮންޓެންޓްތައް ބްލޮކް ކުރަން މޮސްކޯ އެދުނު ނަމަވެސް ގޫގުލުން އެއްބާރުލުން ނުދޭ ކަމަށް ވެސް ރެގިއުލޭޓަރުން ބުނެ އެވެ.

ރޮސްކޮމަޑްޒޯރް އިން މީގެ ކުރިން ވެސް ގޫގުލް ޖުރިމަނާކުރި އެވެ. އެހެން ނަމަވެސް މިއީ ރަޝިއާ އިން ގޫގުލް ޖޫރިމަނާކުރި އެންމެ ބޮޑު އަދަދު ކަމަށް ބުނެވެ އެވެ.

ރަޝިއާގައި ފޭސްބުކާއި އިންސްޓަގްރާމް މަނާ ކުރަން ޖެހުނީ ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މަރަން ގޮވަައި މިނިވަން ދައުލަތެއްގެ ވެރިއަކާ އެކަށީގެން ނުވާ ބަހުރުވައި މުޚާތަބުކުރަން މެމްބަރުންނަށް ފުރުސަތު ދިނުމުންނެވެ. އަދި އެކަން ހުއްޓުވުމަށް ފޭސްބުކުގެ ބެލެނިވެރިޔާ، މެޓާއަށް އެންގި އެންގުމަށް ތަބާ ނުވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.