ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ރައްކާތެރިކަމުގެ އަމުރު ނެރެދީފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށެވެ.
ގެވެށި އަނިޔާގެ މައްސަލައެއް ބެލުމުގައި ހދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ގޮތުގެ ޝަކުވާއަކާ ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައި ވަނީ އޭނާގެ މައްޗަށް ކުރެވެނީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ރައްކާތެރިކަމުގެ އަމުރު ނެރެދީފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް ކަމުގެ ތުހުމަތު ކަމަށެވެ.
އެހެންވެ، ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާކަމުގެ ތުހުމަތު އިސްމެޖިސްޓްރޭޓްގެ މައްޗަށް ކުރެވޭތީ މިމަހުގެ 18 ވަނަ ދުވަހު ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.
މި މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް ވެސް މިހާރު އެކުލަވާލައިފައިވެ އެވެ.