ބިއޯންސޭ އާއި އާއިލާގެ ޗުއްޓީ އިތާފުށީގައި

ބިއޯންސޭ ރާއްޖެ އައިސްފައިވަނީ ތިން ދަރިންނާއި ފިރިމީހާ ޖޭޒެޑްއާއެކުގަ އެެވެ. ބިއޯންސޭ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައިވެ އެވެ.

ބިއޯންސޭ: ރާއްޖޭގެ ޗުއްޓީގައި އާއިލާ ބައިވެރިވި

"ކުއީންސް ބީ" ގެ ނަމުން މަޝްހޫރު ވެފައިވާ ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ބިއޯންސޭ އާއިލާއާއެކު ރާއްޖޭގެ އިތާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފި އެވެ 

މެދުއިރުމަތީގެ މަހުޖަނަކާއި ރާއްޖޭގެ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ކ. އަތޮޅުގައި ތަރައްގީކުރި ހިލްޓަންގެ ލަގްޒަރީ ބްރޭންޑް ވޮލްޑޯފް އިން ހިންގާ އިތާފުށި މޯލްޑިވްސް ރިސޯޓަށް ބިއޯންސޭ ޗުއްޓީ ހޭދަކޮށްފައި ވަނީ މިއުޒިކާއި ދުރުގައި ފަސް އަހަރު ހުރުމަށް ފަހު މިދިޔަ މަހު ދުބާއީގައި ބޭއްވި ކޮންސެޓަކަށް ފަހު އެވެ. 

މި ކޮންސެޓް ބާއްވާފައިވަނީ ދުބާއީގެ މަތީ ފަންތީގެ ހޮޓެލް އަދި ހިލްޓަންގެ މަތީ ފަންތީގެ ބްރޭންޑެއް ކަމަށްވާ އެޓްލާންޓިސްގެ ހޮޓަލެއް ހުޅުވުމުގެ ރަސްމިޔާތުގަ އެވެ. ބިއޯންސޭ ރާއްޖެ އައިސްފައިވަނީ ތިން ދަރިންނާއި ފިރިމީހާ ޖޭޒެޑްއާއެކުގަ އެެވެ. ބިއޯންސޭ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައިވެ އެވެ. 

އިތާފުށި - ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓަކީ 119 ވިލާއާއެކު މި ސަރަހައްދުގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ޕްރައިވެޓް އައިލެންޑްވެސް ހިންގަ އެއް ރިސޯޓެވެ. މި ރިސޯޓުގައި އެކި ގައުމުތަކުގެ ގިނަ ރެސްޓޯރެންޓްތައްވެސް ހިމެނެ އެވެ. އަދި މިދިޔަ އަހަރު ވަނީ ޖަޕަނީޒްގެ ޒޫމާ ރެސްޓޯރެންޓެއްވެސް މި ރިސޯޓުގައި ހުޅުވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.