ފަހު ކްއާޓަރުގައި ވިޔަފާރި ފުޅާވި، ކަންބޮޑުވުމަކީ އަގު އުފުލުން

ތިން ސިނާއަތުގެ ތެރޭން އެންމެ ބޮޑު ކުރިއެރުނެއް ލިބިފައިވާ ކަމަށް ބުނަނީ ޓޫރިޒަމް ސިނާއަތެވެ. ސާވޭކޮށްފައި ވަނީ ޓޫރިޒަމްގެ މައި ސީޒަންތެރޭގައި ކަމަށްވުމުން ޓޫރިޒަމް އާމްދަނީ އިތުރުވެ އަދި މުވައްޒަފުންގެ އަދަދު ވެސް މައްޗެވެ،

ބާޒާރު މަތީގައި މީހަކު މަސަކަތް ކުރަނީ: އަގުތައް އުފުލޭ މައްސަ އެބައޮތް -- މި

މިދިޔަ އަހަރުގެ ފަހު ކްއާޓަރާ ހަމައަށް އައިއިރު ރާއްޖޭގެ މައިގަނޑު ސިނާއަތްތަކުގެ ވިޔަފާރި ފުޅާވި ނަމަވެސް މައިގަނޑު ކަންބޮޑުވުމަކީ އަގު އުފުލުން ކަމަށް މަރުކަޒީ ބޭންކުގެ ސާވޭ އިން ދައްކައިފި އެވެ. 

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 25 އިން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭގައި ރާއްޖޭގެ އެންމެ ބޮޑު 194 ވިޔަފާރިއަށް ސުވާލު ކަރުދާސް ފޮނުވައިގެން 68 ޕަސެންޓަށްވުރެ ބޮޑު ބައެއް ސާވޭގައި ބައިވެރިވެފައިވެ އެވެ. 

މި ސާވޭގައި ހޯލްސޭލް / ރީޓެއިލް ވިޔަފާރިތަކާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ދާއިރާގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގެ ވިޔަފާރިތަކުން ބައިވެރިވެފައިވެ އެވެ.

ސާވޭގައި ބުނީ ކީކޭ؟ - އެމްއެމްއޭ އިން ކޮންމެ ކްއާޓަރެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މި ސާވޭގައި ބައިވެރި ގިނަ ވިޔަފާރިތަކުން ބުނެފައިވަނީ އާއްމުކޮށް ވިޔަފާރި އަށް ކުރިއެރުން ލިބިފައިވެ އެވެ. އެކަމަކު ހުރިހާ ސިނާއަތް ތަކެއްގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ އަގުތައް އުފުލިގެން ދިއުމެވެ.

ސާވޭގައި ބައިވެރިވި ހުރިހާ ވިޔަފާރިތަކަކުން ވެސް ބުނެފައިވަނީ ވިޔަފާރިތަކުގެ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ދުވެލި މަޑުކަމަށް ފާހަގަކޮށްފައިވާ ވިޔަފާރިތަކަކީ ކޮންސްޓްރަކްޝަން ދާއިރާ އެވެ. މި ދާއިރާގެ ކުރިއެރުން މެދުމިނެއްގައި ހުރި ކަަމަށް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައިވެ އެވެ.  

ރާއްޖެ އައި ޓޫރިސްޓުންތަކެއް: މި އަހަރުގެ ފުރަތަމަ 10 ދުވަސްތެރެއަށް ބަލާއިރު އެރައިވަލްސް ރަނގަޅު -- މި

ރާއްޖޭގެ މައިގަނޑު މި ތިން ސިނާއަތުގެ ތެރޭން އެންމެ ބޮޑު ކުރިއެރުނެއް ލިބިފައިވާ ކަމަށް ބުނެފައިވަނީ ޓޫރިޒަމް ސިނާއަތެވެ. މި ސާވޭކޮށްފައިވަނީ ޓޫރިޒަމްގެ މައި ސީޒަންތެރޭގައި ކަމަށްވުމުން ޓޫރިޒަމް އާމްދަނީ އިތުރުވެ އަދި މުވައްޒަފުންގެ އަދަދު ވެސް މަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ. 

މި ކްއާޓަރަށް ކުރެވޭ އުންމީދު

ޓޫރިޒަމް ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ކުއާޓަރު މި އަހަރުގެ ފުރަތަމަ ތިން މަހު ޓޫރިޒަމް ސިނާއަތުގެ އަގުތަކާއި ލިބޭ އާމްދަނީ ހުންނާނީ މެދުމިންވަރެއްގައި ހިފެއްޓިފަ އެވެ. އަދި ކޮންސްޓްރަކްޝަން ސިނާއަތް ރަނގަޅުވާނީ ކުޑަ މިންވަރެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.