މަސްވެރި - ދަނޑުވެރި ފަންޑުގައި އަތް ނުލާ 17 މިލިއަން

ދެހާސް ސާދަވަނަ އަހަރު އެކުލަވާލި މި ދެ ފަންޑާ ގުޅޭ ދާއިރާތައް ތަރައްގީ ކުރަން އެ ފަންޑުތަކުގެ ފައިސާ ބޭނުން ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން

މަސްވެރިކަމާއި ދަނޑުވެރިކަމަށް ހާއްސަ ޓްރަސްޓް ފަންޑެއް އުފެއްދިތާ ނުވަ އަހަރުވެފައި ވެއެވެ. ނުވަ އަހަރުން އެ ފަންޑަށް ޖަމާވި ފައިސާގެ އަދަދަކީ ޖުމުލަ 17 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ ފަންޑުން އެއް ކަމެއް ވެސް ނުކުރެ އެވެ. 

ފިޝަރީޒް މިނިސްޓްރީގެ ފިޝަރީޒް އެގްރިކަލްޗަރު ޓްރަސްޓް ފަންޑުގެ މާލީ ރިޕޯޓްގެ ހިސާބު ދައްކާގޮތުގައި އެ މަސްވެރިކަމުގެ ފަންޑުގައި ޖުމްލަ ހުރީ 6.5 މިލިއަން ރުފިޔާ އެވެ. އެ ފަންޑުގައި މިދިޔަ އަހަރު ފެށުނު އިރު ހުރި 6.2 މިލިއަން ރުފިޔާގެ އިތުރުން އިތުރުވެފައި ވަނީ ރަށްރަށުގެ ސީއެސްއާރުގެ ދަށުން ލިބުނު 300،000 ރުފިޔާ އެކަންޏެވެ. 

ދަނޑުވެރިކަމުގެ ފަންޑުގައި ޖުމްލަ 10.5 މިލިއަން ރުފިޔާ އެބަހުއްޓެވެ. އަހަރު ފެށުނު އިރު އެ ފަންޑުގައި ހުރި 9.8 މިލިއަން ރުފިޔާއަށް އިތުރުވެފައި ވަނީ ސީއެސްއާރުގެ ދަށުން ލިބުނު 600،000 ރުފިޔާއާއި، ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުން ތަކެތި ވިއްކައިގެން ލިބުނު 135،849 ރުފިޔާ އެވެ.

މަސްވެރި - ދަނޑުވެރި ފަންޑު

  •  މަސްވެރިކަމުގެ ފަންޑު -- 6.5 މިލިއަން
  •  ދަނޑުވެރިކަމުގެ ފަންޑު -- 9.8 މިލިއަން ރުފިޔާ އަށް

މި ދެ ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި އެއްވެސް ހަރަދެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް ދަނޑުވެރިކަމުގެ ފަންޑުން ބައެއް ކަންކަމަށް ހަރަދު ކުރުމަށް މިދިޔަ އަހަރު ނިންމާފައި ވެއެވެ. އޭގެ ތެރޭގައި ވެޓް ކްލިނިކް ހިންގަން ބޭނުންވާ ހަރަދުތަކާއި ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ޓެކްނޮލޮޖީ ގާއިމު ކުރުމާއި އިމާރާތްތައް ބިނާ ކުރުން ހިމެނެ އެވެ. 

ދެހާސް ސާދަވަނަ އަހަރު އެކުލަވާލި މި ދެ ފަންޑާ ގުޅޭ ދާއިރާތައް ތަރައްގީ ކުރުމަށް އެ ފަންޑުތަކުގެ ފައިސާ ބޭނުން ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.