ރަސްދޫ އުފަލުން: މިހާރު ރަށު އޭޓީއެމުން ފައިސާ ނެގޭ، ލެވޭ

ބީއެމްއެލްގެ އޭޓީއެމް ވިއުގަ ވަނީ މުޅިރާއްޖެއަށް ފެތުރިފަ އެވެ. މިހާރު 20 އަތޮޅެއްގެ 35 ބްރާންޗާއެކު 84 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ ހިދުމަތްދެ އެވެ،

ރަސްދޫގައި އޭޓީއެމްގެ ހިދުމަތް ބޭނުން ކުރަނީ: ރަށަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް -- ބީއެމްއެެލް

ރާއްޖޭގެ އެންމެ އިގްތިސޯދު ރަނގަޅު ރަށްތަކުގެ ތެރޭގައި ހިމެނޭ އއ. ރަސްދޫ މީހުނަށް ކިތަންމެ ފައިސާއެއް ލިބުނަސް ފައިސާ ޖަމާކޮށް ނަގަން މި މަހާ ހަމައަށް ދަތިތަކެއް ހުއްޓެވެ. ސަބަބަކީ އެ ރަށުގެ ފައިސާ އަދި ފައިސާ ޖަމާ ކުރެވޭ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތެއް ނެތެވެ. 

ނަމަވެސް ބީއެމްއެލް އިން އެ ހިދުމަތް ރަސްދޫއަށް ދިނުމާއެކު އެރަށު މީހުން މިހާރު އެ ތިބީ އުފަލުން ހެވިފަ އެވެ. 

ސަރުކާރާއި ރައްޔިތުން ހިއްސާވާ އަދި މުޅި ރާއްޖޭގައި ހިދުމަތްދޭ ހަމައެކަނި ބޭންކް ކަމަށްވާ ބީއެމްއެލް އިން ބުނީ އއ. ރަސްދޫގައި، ރަސްދޫ ބްރާންޗުގެ އާ އިމާރާތުގައި ގާއިމުކޮށް މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް މިހާރު ލިބޭނެ އެވެ. 

ރަސްދޫގައި ގާއިމް ކޮށްފައިވާ ބްރާންޗް އަދި އޭޓީއެމްގެ ހިދުމަތާއެކު މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި ސެލްފް ސަވިސް ބޭންކިންގެ ހިދުމަތް ފެށިފައިވާ ކަމަށެވެ. މިހާރު މި އަތޮޅުގައި ހިދުމަތްދޭ ރަށްތަކަކީ ތޮއްޑޫ އާއި އުކުޅަސް އަދި މަތިވެރި އެވެ.  

ބީއެމްއެލް ވިއުގަ - ބީއެމްއެލް އޭޓީއެމް ވިއުގަ ވަނީ މުޅިރާއްޖޭގެ އެކި ހިސާބުތަކަށް ދަމާލާފަ އެވެ. މިހާރު 20 އަތޮޅެއްގެ 35 ބްރާންޗާއެކު 84 ސެލްފް ސާވިސް ބޭންކިން ސެންޓަރުގައި 142 އޭޓީއެމް ހިދުމަތް ދެ އެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ދެ އެވެ،

ބިމުގެ ބޮޑު މިނުގައި 20.1 ހެކްޓަރު ހުންނަ ރަސްދޫ މަޝްހޫރުވެފައި ވަނީ "ރަސްދޫ އަތޮޅު" ގެ ނަމުންނެވެ. ސަބަބަބަކީ އަތޮޅާއި މުޅިން ވަކި އަތޮޅެއްގެ ގޮތަށް އޮންނަ ރަށުގެ ރަށުގެ ތެރެއިން މީހުން ދިރިއުޅޭ ހަމައެކަނި ރަށަށްވުމެވެ. މާލެ އަތޮޅު ފިޔަވައި އެންމެ ފުރަތަމަ ޓޫރިޒަމް ތައާރުފް ކޮށްފައިވާ އަތޮޅަކީ ވެސް ރަސްދޫ އެވެ. މި ރަށުގެ އާބާދީއަކީ 1,204 އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.