ހިތަދޫން 500 ގޯތި ދޫކުރަނީ

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވަނީ ހިތަދޫ އިން 1500 އަކަފޫޓްގެ 500 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އައްޑު އަތޮޅު ހިތަދޫ: އެ އަވަށުން 500 ގޯތި ދޫކުރަން ވަނީ ހުޅުވާލާފައި --

ދެކުނުގައި ބޮޑު އާބާދީއެއް އޮތް އައްޑު އަތޮޅު ހިތަދޫ އިން 500 ބަންޑާރަ ގޯތި ދޫކުރަން ދެކުނު ސިޓީގެ ކައުންސިލު އިދާރާއިން ރޭ ދަންވަރު އިއުލާނު ކޮށް ގޯއްޗަށް އެދެން ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވަނީ ހިތަދޫ އިން 1500 އަކަފޫޓްގެ 500 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ގޯތި ދޫކުރަނީ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ.

  • އޭ ކެޓެގަރީ - ހިތަދޫ އަވަށުން 90 ޕަސެންޓް ގޯތި (450 ގޯތި)
  • ބީ ކެޓެގަރީ - އެހެން އަވަށްތަކުން 10 ޕަސެންޓް ގޯތި (50 ގޯތި)

ސީޓި ކައުންސިލުން ގޯއްޗަށް އެދެން ހުޅުވާލައިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ. ސުންގަޑި ހަމަވާ ތާރީހު ބަޔާންކޮށްފައެއް ނުވެ އެވެ.

އައްޑޫސިޓީން ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުސޫލުގައި ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ސިޓީ ކައުންސިލުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫ އިން ގޯތި ދޫކުރަން ވެސް އިއުލާނުކޮށްފަ އެވެ. 

އައްޑު އަތޮޅުގެ ހަތަރު އަވަށަކުން ގޯތި ދޫކުރަން އިއުލާން ކުރި އިރު މި ދުވަސްވަރަކީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެދުގައި ފޯރި ގަދަކޮށް ކުރިޔަށް ދާ، އަދި ދެ ފަރާތުގެ ވައުދުތައް ވަރަށް ގިނަ ދުވަސްކޮޅެކެވެ.

ދެ ބޭފުޅުންގެ ކެމްޕޭނުގައި ވެސް އައްޑު އަތޮޅަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައި ވެއެވެ. އައްޑު އަތޮޅަކީ މާލެ ފިޔަވައި އެމްޑީޕީގެ އެންމެ ސަޕޯޓް ބޮޑު އަތޮޅެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.