ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލައިގައި ދައުވާ ލިބުނު އެންމެން ސަލާމަތްވެއްޖެ

މުހައްމަދު އަސަން އުއްލާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަނިކޮށް ދެ ދުވަސް ފަހުން ފިނިމަގުން ގޮނޑު ދޮށުގައި ހުރި ކުރެދި ގަހެއްގެ ދަށަށް ލައްވެފައި އޮއްވަ އެވެ.

ފޮނަދޫގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާ ފެނުނު ސަރަހައްދުން އޭނާގެ ހަށިގަނޑު ގެންދަނީ -- ދުވަސްގެ ފޮޓޯއެއް

މީގެ ހަ އަހަރު ކުރިން ލ. ފޮނަދޫގައި ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އަށް މީހުން ސަލާމަތްވެއްޖެ އެވެ.

މާޗް 26، 2017 ގައި ހިނގާދިޔަ މިހާދިސާގައި އުމުރުން 27 އަހަރުގެ މުހައްމަދު އަސަން އުއްލާ ނަމަކަށް ކިޔާ މީހާ އެރަށު ބާރާސިލް އަވަށުގެ ފިނިމަގު ކޮޅަށް ގެންގޮސް ބަންގްލަދޭޝްގެ އަށް މީހުން ވެގެން އޭނާއަށް ހަމަލާދީ މަރާލާފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އެތަނުން އެކަކު އޭނާގެ ކަރަށް ވަޅި ހެރިއިރު އަނެއް ހަތް ހަތް މީހުން ތިބީ އަސަންގެ ގައިގައި ހިފަހައްޓައިގެން ކަމަށް ދައުލަތުން ބުނެ އެވެ. 

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައި ވަނީ މި މައްސަލައިގައި ހާދިސާ ހިނގި މަންޒަރު ލޮލަށް ފެނުނީ އެންމެ ހެކިވެރިޔަކަށް ކަމަށެވެ. އެކަމަކު އޭނާ އަކީ ނުކުޅެދޭ މީހަކަށްވެފައި ދޮގު ވާހަކަ ދައްކާ މީހެއް ކަމަށް އެހެން ހެކިވެރިން ބުނެފައިވާތީ އެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

ތަހުގީގުން ސާފު ނުވާ މުހިންމު ކަންކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ތުހުމަތުކުރެވޭ މީހުން ކޯލް ލޮގްތައް ހޯދާފައި ނުވާ ކަމަށާއި، އެކެއްގެ އަންނައުނުން ލޭ ފެނުނު ނަމަވެސް، ފޮރެންސިކް ތަހުލީލެއް ހަދާފައި ނުވާކަމަށް ބަޔާންކޮށްފައިވެ އެވެ.

ހުކުމުގައި ވަނީ ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކުރުމަށްފަހު ފުލުހުން ތަކުރާރުކޮށް އަނިޔާކުރާ ކަމުގެ ޝަކުވާ އެމީހުން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެންގެ އަތުގައި ބިޑި އަޅުވައިގެން ގޮނޑު ދޮށަށް ގެންގޮސް ލޮލަށް ޕެޕާ ސްޕްރޭ ޖަހައި، ދޫކޮށްލާނީ ކާކު ކުރި ކަމެއްކަން ބުނުމުން ކަމަށް ބުނެ ފުލުހުން ބިރު ދައްކާފައިވާ ކަމަށް އެމީހުން ބުނެފައިވެ އެވެ. އަދި ފަސް ދުވަސް ވާންޖެން އޭސީ ކޮޓަރިއެއްގައި އޭސީ ފުލްކޮށްފައި ބޭތިއްބި ކަމަށާއި އަދި ތަޅާ އަނިޔާކުރި ކަމަށް އެމީހުން ބުނެފައިވެ އެވެ.

މި މައްސަލައިގެ ތެރެއިން ފުލުހުންގެ ފަރާތުން ހަދާފައިވާ އެތައް ގޯސްތަކެއް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއިން އެމީހުން ކުށް ކުރިކަން ސާބިތުކުރެވެނެ ނެތުމުން އެކެއްގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

މުހައްމަދު އަސަން އުއްލާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަނިކޮށް ދެ ދުވަސް ފަހުން ފިނިމަގުން ގޮނޑު ދޮށުގައި ހުރި ކުރެދި ގަހެއްގެ ދަށަށް ލައްވެފައި އޮއްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.