ގަދަ ފިނީގައި ޖެހިން އަފްޣާނުގެ 124 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި އަބަދުވެސް ވިންޓާގައި ފިނިގަނޑު ގަދަވެ އެވެ. ނަމަވެސް މިއީ 10 އަހަރު ދުވަހުގެ ތެރޭގައި މޫސުން އެންމެ ގޯސް އަހަރެވެ.

ފިންޏާއި ސްނޯގެ ތެރޭގައި އަފްޣާންގެ އާއިލާއެއް ހިނގައިފައި ދަނީ: ގަދަ ފިނީގައި ލައްވާލައި ބައެއް މީހުން މަރުވެފައިވޭ -- އަލްޖަޒީރާ

ކާބުލް (25 ޖެނުއަރީ) - އަފްޣާނިސްތާނުގައި ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގަދަފިނީގައި ޖެހިގެން 124 މީހުން މަރުވެފައިވާ ކަމަށް ވެރިކަން ކުރާ ތާލިބާނުންގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓްރީ ފޯ ޑިޒާސްޓާ މެނޭޖްމަންޓްގެ ތަރުޖަމާނަކު ވިދާޅުވީ 10 އަހަރު ދުވަހުގެ ތެރޭގައި އަފްޣާނަށް އެންމެ ފިނި ގަދަވި ވިންޓާތަކުގައި ގާތްގަނޑަކަށް 70،000 އަށް ވުރެ ގިނަ ދިރޭތަކެތި މަރުވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ އަންހެނުންނަށް ސަރުކާރު ނޫން ޖަމިއްޔާތަކުގައި މަސައްކަތް ކުރުން ތާލިބާނުން މަނާ ކުރުމުން ފާއިތުވި ހަފުތާތަކުގައި އެހީދޭ ގިނަ އިދާރާތަކުން ވަނީ އޮޕަރޭޝަންތައް ހުއްޓާލާފަ އެވެ. ތާލިބާނުންގެ މިނިސްޓަރަކު ވިދާޅުވީ ފިނީގައި ޖެހިގެން މީހުން މަރުވި ނަމަވެސް އެ ނިންމުމަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އެކްޓިން މިނިސްޓަރު އޮފް ޑިޒާސްޓާ މެނޭޖްމަންޓް މުއްމަދު އައްބާސް އަޚުންދު ބީބީސީއަށް ވިދާޅުވީ އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް މިހާރު މުޅިން ސްނޯގައި އޮތް ކަމަށައި ސަލާމާތީ ބޭނުންތަކަށް އަސްކަރީ ހެލިކޮޕްޓަރުތައް ފޮނުވާފައިވި ނަމަވެސް ފަރުބަދަތައް މަތީ ގެ ސަރަހައްދުތަކަށް ޖެއްސޭ ގޮތް ނުވާ ކަމަށެވެ.

"ފިނީގެ ސަބަބުން ފުރާނަ ގެއްލުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ގެރިބަކަރީ ގެންގުޅޭ ރަށްފުށުގެ މީހުން. އެ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާއެއް ނުލިބުނު،" ޑިޒާސްޓާގެ އެކްޓިން މިނިސްޓަރު މުއްލާ އަހުންދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ކަންބޮޑުވަނީ ފަރުބަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާ މެދު. ފަރުބަދަތަކުގެތެރޭ ގިނަ މަގުތައް ވަނީ ސްނޯގެ ސަބަބުން ބަންދުވެފައި އެތަނުގައި ކާރުތައް ތާށިވެ، ފިނީގައި ޖެހި މީހުން މަރުވެފައިވޭ."

އަފްޣާނިސްތާނުގައި އަބަދުވެސް ވިންޓާގައި ފިނިގަނޑު ގަދަވެ އެވެ. ނަމަވެސް މިއީ 10 އަހަރު ދުވަހުގެ ތެރޭގައި މޫސުން އެންމެ ގޯސް އަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.