ނަވްޔާ ސުރުހީތަކަށް އައީ އޭނާގެ ޕޮޑްކާސްޓް "ވަޓް ދަ ހެލް ނަވްޔާ" އާއެކު އެވެ. އޭނާ ވަނީ މަންމަ ޝްވެތާ ބައްޗަން އާއި މާމަ ޖަޔާ ބައްޗަން އާއި ގުޅިގެން އެކި ޖީލުތަކުގެ އަންހެންނަށް އެކި މައުޟޫއުތަކުގައި ހިޔާލު ހިއްސާކޮށްފަ އެވެ.
ބޮލީވުޑްގެ މެގަ ސްޓާރު އަމީތާބް ބައްޗަންގެ ކާފަދަރިފުޅު ނަވްޔާ ނަވެލީ ނަންދާ އަލީ ފިލްމީ ދާއިރާ ދުރު ޒުވާނެއް ނަމަވެސް އޭނާއަކީ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ބަލައި ފޮލޯކުރާ "ސްޓާ ކިޑެ" ކެވެ. ވަރަށް ގިނަ ފަހަރަށް ފޭނުން ޝައުގުވެރި ވަނީ ނަވެލީ ހުރި ތަނެއް އެނގިލާށެވެ. އޭނާގެ ފޮޓޯއެއް ބަލައިލާށެވެ.
ނަވްޔާ ސުރުހީތަކަށް އައީ އޭނާގެ ޕޮޑްކާސްޓް "ވަޓް ދަ ހެލް ނަވްޔާ" އާއެކު އެވެ، އޭނާ ވަނީ މަންމަ ޝްވެތާ ބައްޗަން އާއި މާމަ ޖަޔާ ބައްޗަން އާއި ގުޅިގެން އެކި ޖީލުތަކުގެ އަންހެންނަށް އެކި މައުޟޫއުތަކުގައި ހިޔާލު ހިއްސާކޮށްފަ އެވެ.
ދާދި ފަހުން ނަވްޔާ ވަނީ ފިލްމީ ދާއިރާގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް ކާފަގެ ފިޔަވަޅުމަތީގައި ނުހިނގުނު ވާހަކަ ބުނެދީފަ އެވެ.
ނަވްޔާއަކީ އާރާ ހެލްތު ކިޔާ ކުންފުންޏެއް ހިންގާ ޒުވާން ވިޔަފާރިވެރި އެކެވެ. އޭނާގެ މަންމަ ފަދައިން އޭނާ ވެސް ހިޔާރު ކުރީ ތަފާތު މަގަކުން ހިނގާށެވެ. ބްރޫޓް އިންޑިއާއާ ވާހަކަ ދައްކަމުން ދަނިކޮށް ނަވްޔާއާ އަމާޒުވި ސުވާލަކީ އޭނާ ފިލްމުތައް ނުކުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ވަރަށް އަވަހަށް އޭނާގެ ބޭބެ އަގަސްތާ ނަންދާ "ދަ އާޗީސް" އިން ފެނިލާ ނޫން ހެއްޔެވެ؟
ނަވްޔާ ބުނީ ހަމައެކަނި ކަމެއް ކުރުމުގެ ބޭނުމުގައި ފިލްމް ކުޅުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އޭނާގެ ހުނަރު އޮތީ އެހެން ދިމާއެއްގައި ކަމަށެވެ.
"އަހަންނަށް ހީވަނީ ހީވަނީ އެކްޓިންއަށް މީ މާ މޮޅު މީހެއް ނޫންހެން. އަހަންނަކަށް ގަބޫލެއް ނުކުރެވޭ ހުނަރު ނެތް ކަމެއް ކުރަންވީ ސަބަބެއް، އަދި އެއީ އަހަރެން ޝައުގުވެރިވާ ގޮތެއް ވެސް ނޫން. އަހަރެންނަށް ހީވަނީ އަހަރެން ކުރާން ޖެހެނީ ހަމަ އަހަރެން ކުރާން ބޭނުންވާ ކަމެއްހެން."
ފިލްމުގެ އެއްވެސް އޮފާއެއް ލިބިފައިވޭތޯ ވެސް ނަވްޔާ އާ ސުވާލު ކުރެވުނެވެ. ބުނީ "އެއްވެސް އޮފާއެއް ނެތް" ކަމަށެވެ.
"އެއްވެސް ކަމެއް ނެތް! އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް މީހުން ހީކުރަނީ އަހަންނަށް ފިލްމީ އޮފާތަކެއް ލިބިފައިވާ ކަމަށް. އެފަދަ އެއްވެސް އޮފާއެއް އަސްލު ވެސް އައިސްފައެއް ނެތް."