ހުޅަނގު ގުދުސްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނަނީ މި ނިންމުމަކީ އެގައުމުގެ އެންމެ މަތީ ކޯޓުގެ ބާރުތައް ހުއްޓުވަން މަސައްކަތް ކުރައްވާ ބޮޑު ވަޒީރު ނަތަންޔާހޫއަށް ލިބި ވަޑައިގެންނެވި ވަރަށް ބޮޑު ސިޔާސީ ގެއްލުމެއް ކަމަށެވެ.
ސުޕްރީމް ކޯޓްގެ އަމުރަށް ތަބާވެ ވަޑައިގަތުން ނޫން ގޮތެއް މިވަގުތަށް ނެތިގެން އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ކެބިނެޓްގެ އިސް ވަޒީރަކު މަގާމުން ވަކި ކުރައްވައިފި އެވެ. މަގާމުން ދުރު ކުރެއްވީ އިންޓީރިއާ އަދި ހެލްތު މިނިސްޓަރު އާރިއެހް ދޭރީ އެވެ. އޭނާ ވަކި ކުރައްވާކަން އިއުލާން ކުރެއްވީ ކެބިނެޓްގެ ބައްދަލުވުމެއް އިއްޔެ އެވެ.
އިޒްރޭލުގެ ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ނިންމީ ދޭރީއަށް ކެބިނެޓް މިނިސްޓަރުގެ މަގާމު އަދާ ނުކުރެވޭނެ ކަމަށާއި ސަބަބަކީ އޭނާގެ މައްޗަށް އޮތް ޓެކްސްގެ ކުށްތަކާ ގުޅިގެން މިދިޔަ އަހަރު ހުކުމެއް އިއްވާފައިވާތީ އެވެ. ޓެކްސްގެ މަކަރާއި ހީލަތުގެ ކުށް 2022 ވަނަ އަހަރު ދޭރީގެ މައްޗަށް ސާބިތުވެފައި ވެއެވެ.
"ސަރުކާރުގެ މިނިސްޓަރެއްގެ މަގާމުން ވަކި ކުރަން މަޖުބޫރުވުމަކީ ހިތަށް އުނދަގޫ ކަމެއް، ވަރަށް ހިތާމައާއެކު އަދި އިންތިހާއަށް އުނދަގޫ އިހުސާސެއް ކުރެއްވޭ ކަމެއް" ނިންމެވުން ކެބިނެޓް ބައްދަލުވުމުގައި އިއުލާން ކުރެއްވުމަށް ފަހގު ނަތަންޔާހޫ ދޭރީއަށް ނިސްބަތް ކުރައްވާ ވިދާޅުވި އެވެ އެވެ.
ނަތަންޔާހޫ ވިދާޅުވެފައިވާ ގޮތުގައި އާރިއެހް ދޭރީ އަނބުރާ ސަރުކާރަށް ގެނޭވެނެ ގޮތެއް ހޯދަން މަސައްކަތް ކުރައްވާނެ އެވެ. ދޭރީއަކީ ނަތަންޔާހޫ އިސްވެ ހުންނަވައި ހިންގަވާ ޖާރީމަތަކުގައި ވާގިވެރިވެދޭ ހައްދުފަހަނައަޅާފައިވާ ލީޑަރެކެވެ. އަދި ދޭރީ އަކީ އަލްޓްރާ އޯތޮޑޮކްސް ޔަހޫދީ ޕާޓީ، ޝާސްގެ ލީޑަރެވެ. އޭނާ ނަތަންޔާހޫގެ ކެބިނެޓަށް އައްޔަން ކުރެއްވީ މިދިޔަ މަހު އިޒްރޭލުގެ އިންތިހާބަށް ފަހު އެވެ.
ދޭރީގެ ސިއްރުވެރިއެއް ކަމަށްވާ ބަރަކް ސެރީ ސިފައިންގެ ރޭޑިއޯއަށް ވިދާޅުވީ ޝާސްގެ އެހެން މެމްބަރުން ކޯލިޝަންގައި އޮތުމުން އެ ޕޯޓްފޯލިއޯތައް ދަމަހައްޓާނެ ކަމަށެވެ.
ހުޅަނގު ގުދުސްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު އިމްރާން ހާން ވިދާޅުވީ މި ނިންމުމަކީ އެގައުމުގެ އެންމެ މަތީ ކޯޓުގެ ބާރުތައް ހުއްޓުވަން މަސައްކަތް ކުރެއްވި ބޮޑު ވަޒީރު ނަތަންޔާހޫއަށް ލިބި ވަޑައިގެންނެވި ވަރަށް ބޮޑު ސިޔާސީ ގެއްލުމެއް ކަމަށެވެ.
އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ނަތަންޔާހޫ އަޒުމް ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ހުއްޓުވޭނެ އިސްލާހުތަކެއް ތައާރަފު ކޮށް ޝަރުއީ ދާއިރާ އޯވަހޯލް ކުރެއްވުމަށެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމާއި ސުޕްރީމް ކޯޓުގެ ނިންމުންތައް ބާތިލު ކުރުމުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އިތުރު ބާރުތަކެއް ހޯދައި ދޭށެވެ.