ހޯރަފުށީ ކައިރިން ކިނބުލެއް ހިފައިފި

ސިފައިން ހަރަކާތްރިވާ ކަމަށް ބުނި އިރު ކިނބޫ ވަނީީ ހިފާފައި އޭގެ ތުނބާއި އަތްފައިގައި ޓޭޕް އޮޅައި ބަންދު ކޮށްފަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯތަކެއް ސިފައިން ވަނީ އާންމުވެސް ކޮށްފަ އެވެ.

ހއ. ހޯރަފުށީ ކައިރިން ކިނބުލެއް ފެނިގެން ހިފައިފި އެވެ. ސިފައިންގޭން ބުނީ ކިނބުލެއް ފެނިފައި ވަނީ ހޯރަފުއްޓާއި އެއްފަޅެއްގައި އޮންނަ އުނގުލު ފިނޮޅާއި ހުވަންދޫއާ ދެމެދުން ކަމަށެވެ.

އަދި ބުނީ އެއީ ގާތްގަނޑަކަށް ހަފޫޓު ހަމަވާވަރުގެ ކިނބުލެއް ކަމަށާއި އެ ކިނބޫ ފެނުމުން އެ ސަރަހައްދުގައި ގާއިމުވެ ތިބޭ ސިފައިން ހަރަކާތެރިވަމުން ގެންދާ ކަމަށެވެ. 

ސިފައިން ހަރަކާތްރިވާ ކަމަށް ބުނި އިރު ކިނބޫ ވަނީީ ހިފާފައި އޭގެ ތުނބާއި އަތްފައިގައި ޓޭޕް އޮޅައި ބަންދު ކޮށްފަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯތަކެއް ސިފައިން ވަނީ އާން މުވެސް ކޮށްފަ އެވެ.

ވަރަށް ގިނަ އަހަރު އިރުވައިގެ މި މޫސުމުގައި އޮޔާ ބެހިގެން ރާއްޖޭގެ ސަރަހައްދަށް ކިނބޫ އާދެ އެވެ. ބައެއް އަހަރުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް ކިނބޫ ފެނިފައި ވެއެވެ. 

ސިފައިންގޭން ކުރި ޓްވީޓެއް

މި މަހުގެ 13 ވަނަ ދުވަހު ވެސް ސިފައިން ކިނބުލެއް ހިފި އެވެ. އެ ފަހަރު 14 ފޫޓު 4 އިންޗި ހުރި ކިނބުލެއް ހިފީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިންނެވެ. އެ ކިނބޫ ހިފުމަށް ފަހު ބޮލިދުއްފަރުގެ އިރުން 24 ނޯޓިކަލް މޭލު ބޭރަށް ދުކޮށްލީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.