އާންމު ހާލަތު ރަނގަޅު ކުރަން ނަޝީދުގެ މަސް ވައުދު

"ސަރުކާރުން މަހުގެ އަގު ނުއުފުލާ މިވަނީ އަޅުގަނޑަށް ފެންނަ ގޮތުގައި އަނެއްކާވެސް މައުމޫނީ ވިސްނުމެއް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްކޮށް އަންނަކަމުން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް / އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި --

ރާއްޖޭގެ އާންމު ހާލަތު ރަގަޅު ވާނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ކަމަށާއި، އެކަން ކުރެވޭނޭނީ އެމަނިކުފާނު ހޮއްވަވައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގެ ކެމްޕޭނު ދަތުރުތަކުގައި ނަޝީދު އެންމެ ބޮޑަށް ދައްކަވާ ވާހަކައަކީ މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ނުލިބޭ ވާހަކަ އެވެ. މަހުގެ އަގު އިތުރުކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒެއް ކަމަށް ނަޝީދު ވިދާޅުވެފައިވެފައިވެ އެވެ. އެކަމަކު މި ސަރުކާރުން މަހުގެ އަގު ނުއުފުލަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ ބަދަލުގައި އިއްތިހާދުގެ ސިޔާސަތުތައް ގެންގުޅޭތީ ކަމަށް ވިދާޅުވި އެވެ.

ކެމްޕޭނަށް ހުވަދޫ އަތޮޅަށް މިހާރު ނަޝީދު ކުރައްވާ ދަތުރުފުޅުގައި ގއ. ދާންދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު މަސް ކިލޯއެއްގެ އަގަކީ 2.50 ރުފިޔާ ކަމަށާއި އައިސް މަސް ކިލޯއެއްގެ އަގަކީ 3.50 ރުފިޔާ ކަމަށެވެ. 

"ތިން ރުފިޔާ ބަޔަށް މަސް ކިލޯއެއް ހުރި މަސް އިނގިވަޑައިގަންނަވާނެ 2009 ވަނަ އަހަރާ 2010 ވަނަ އަހަރަށް އެނބުރިގެން އަޅުގަނޑުމެން ދިޔައިރުގާ މަސް ކިލޯއެއްގެ ހުރީ 26 ރުފިޔާއާ 30 ރުފިޔާއާ ދެމެދުގަ. މަހުގެ އަގު އުފުލާ ދިނުމަކީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލަށް ކޮންމެހެން ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

މަސްވެރިންނަށް ނަފާ އިތުރުކޮށްދެވޭނެ މަގުތަކާއި ސިޔާސަތުތައް ތަނަވަސްކޮށްދިނުމަކީ އެމްޑީޕީގެ އަބަދުވެސް ތަސައްވުރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ހުރީ ހަތަރު ބިލިއަން ރުފިޔާ ކަމަށާއި މިހާރު މިއަހަރަށް ލަފާ ކުރާ ބަޖެޓް އޭގެ 10 ގުނައަށް ބޮޑު 42 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ މަސްވެރިންގެ އާމްދަނީ 10 ގުނަ ވެގެން ނުދާތީ. 26 ރުފިޔާއަށް 30 ރުފިޔާއަށް ހުރި މަސް ކިލޯ އަނެއްކާވެސް އަލުން އަނބުރާ އޭގެ އަގު ވެއްޓި 16 ރުފިޔާއަށް، 17 ރުފިޔާއަށް މަސް ހުރީތީ. މަހުގެ އަގު އިތުރުކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒެއް،" ނަޝީދު ވިދާޅުވި އެވެ.

ދާންދޫއަށް ވަޑައިގަތުމުން ނަޝީދަށް ސަޕޯޓަކުން މަރުހަބާ ކިޔަނީ --

ނަޝީދުގެ އަނެއް ކަންބޮޑުވުމަކީ ދިވެހިން ބާނާ މަހުގެ 70 ޕަސެންޓް ރޮލާ އެކްސްޕޯޓް ކުރުމެވެ. ރޯ މަސް ތައިލެންޑަށް އެކްޕޯޓްކުރުމުން، ހަމަ އެ މަސް ދަޅުގައި ބަންދުމުރުމަށް މާ އަގު ހެޔޮކޮށް ޔޫރަޕްގެ ގައުމުތަކަށް ވިއްކަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރޮލާ މަސް ބޭރުކުރީމާ ތިބޭފުޅުންނަށް އަޅުގަނޑަށްވުރެ ރަގަޅަށް އެނގޭނެ ފުރަތަމަ 20 ރުފިޔާ މިގެއްލެނީ ރިހާކުރަށް. 10 ފުރިޔާ އެގެއްލުނީ ކަށިކުނޑިއަށް. ރޯމަސް ކިލޯއެއް މިއަދު މިވައްކަނީ 17 ރުފިޔާއަށް. އެހެންނަމަވެސް ޔޫރަޕްގެ ބާޒާރުގައި އިނގިރޭސިވިލާތުގެ ސުޕަމާކެޓެއްގައި ކަޅުބިލަ މަސް ގަންނާން ނުލިބޭ 350 ދިވެހި ރުފިޔާގެ މިކޮޅުގަ. އެމްޑީޕީގެ ސިޔާސަތުތައް އަމާޒުކުރީ ބޮޑު އަގު މަސްވެރިންނަށް ފޯރުކޮށްދިނުމަށް!" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވެފައި ވަނީ 1990 އިގެ އަހަރުތަކުގައި މަހަށް ފުރާ ދޯނީގެ ދެބައިކުޅަ އެއްބައި ދޯނިފަހަރުވެސް މިހާރު މަހަށް ނުފުރާ ކަމަށެވެ. ކޮންމެ އަހަރަކު މަހަށް ފުރާ ދޯނީގެ އަދަދު ދަށަށް ދާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން މަހުގެ އަގު ނުއުފުލާ މިވަނީ އަޅުގަނޑަށް ފެންނަ ގޮތުގައި އަނެއްކާވެސް މައުމޫނީ ވިސްނުމެއް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްކޮށް އަންނަކަމުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަން ފެށި، މިއަހަރުގެ ޑިސެމްބަރުން ފެށިގެން 25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ވެރިކަމުގައި މަހުން ލިބޭ ނަފާ ދުވަހެއް ދުވަހަކަށް އިތުރުވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ރިސުވަތު
1 year ago

ތިޔެއް ނުވޭ އުތަ ރިޝްވަތަކަށް؟؟؟؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.