ނިއުޒީލޭންޑްގެ އާ ބޮޑުވަޒީރަކަށް ވާނީ ކްރިސް ހިޕްކިންސް

ނިއުޒީލެންޑުގައި އަންނަ އޮކްޓޯބަރު މަހު އާންމު އިންތިހާބެއް ބާއްވާނެ އެވެ. ކްރިސް ހިޕްކިންސް ވެރިކަމުގައި ހުންނަވާނީ ކިހާ ދުވަހަކު ކަމެއް ޔަގީން ނުވެ އެވެ.

ކްރިސް ހިޕްކިންސް: ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމަށް ހުންނެވީ ތައްޔާރަށް

އަންނަ ފެބުރުއަރީ 7 ވަނަ ދުވަހުން ފެށިގެން މަގާމުން ވަކިވެ ވަޑައިގަންނަވާ ޖަސިންޑާ އާޑެން އަށް ފަހު ނިއުޒީލެންޑްގެ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަނީ ލޭބާ ޕާޓީގެ މެމްބަރު ކްރިސް ހިޕްކިންސް އެވެ.

ޖަސިންޑާ އާޑަންގެ ބަދަލުގައި ބޮޑުވަޒީރު ކަމަށް ކްރިސް ހިޕްކިންސް ވަޑައިގަންނަ ވަނީ ލޭބާ ޕާޓީގެ ލީޑަޝިޕަށް ކުރިމަތިލެއްވި ހަމައެކަނި ފަރާތަކަކީ އޭނާ ކަމަށް ވެގެނެވެ. - ރަސްމީ ވޯޓް އޮތީ މާދަމާ އެެވެ. 

ކްރިސް ހިޕްކިންސް މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2008 ވަނަ އަހަރު އެވެ. މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އުމުރުން 44 އަހަރުގެ ހިޕްކިންސް މިހާރު ހުންނެވީ ފުލުހުންނާއި ތައުލީމާއި އާންމު ހިދުމަތުގެ ވަޒީރު ކަމުގަ އެވެ.

 
މިދިއަ ބުރާސްފަތި ދުވަހު ބޮޑުވަޒީރު އާޑަން މަގާމުން ދޫކޮށްލައްވަން ކުރެއްވި ކުއްލި އިއުލާނެއް ކުރެއްވި އިރު އެކަމަނާ ވިދާޅުވީ އެކަމަނާއަށް މިހާރު ގައުމެއް ހިންގައި ބަދަލު ކުރުމުގެ ގާބިލުކަން ނެތް ކަމަށެވެ. 

ނިއުޒީލެންޑުގައި އަންނަ އޮކްޓޯބަރު މަހު އާންމު އިންތިހާބެއް ބާއްވާނެ އެވެ. ކްރިސް ހިޕްކިންސް ވެރިކަމުގައި ހުންނަވާނީ ކިހާ ދުވަހަކު ކަމެއް ޔަގީން ނުވެ އެވެ. އާންމު އިންތިހާބު ލޭބާ ޕާޓީއަށް ނާކާމިޔާބު ވެއްޖެ ނަމަ ކްރިސް އަށް ލިބި ވަޑައިގަންނަވަނީ ކުރު މުއްދަތެކެވެ. 

އުމުރުފުޅުން އަދި 42 އަހަރުގެ އާޑެން މަގާމުން ދޫކޮށްލަވަން ނިންމެވި އިރު ގައުމުގެ އިންފްލޭޝަން ބޮޑުތަނުން މައްޗަށް ގޮސްފައި ވެއެވެ. އެ ނިސްބަތަކީ މިދިއަ 30 އަހަރު ދުވަހު ވެސް އަގުތައް އުފުލިގެން ގޮސްފައި ނުވާ މިންވަރެކެވެ. މިނޫނަސް ބައިވަރު ސަބަބުތައް އެކުވެ ބޮޑު ވަޒީރު ޖަސިންޑާގެ މަގުބޫލުކަން ވަނީ ބޮޑުތަނުން ކުޑަވެފަ އެވެ.

ޖަސިންޑާއަށް ކުރީން ވަނީ ވަރަށް ބޮޑަށް ގައުމާއި ދުނިޔޭގެ ތައުރީފު ލިބު ވަޑައިގެންފަ އެވެ. ހާއްސަކޮށް ކްރައިސްޓްޗާޗުގެ މިސްކިތް ހަމަލާ އާއި ކޮވިޑްގެ މައްސަލާގައި އެކަމަނާ އަމަލު ކުރެއްވި ގޮތުން ދުނިޔެ ދުށީ އެއީ ތަފާތު ބޮޑު ލީޑަރެއްގެ ގޮތުގަ އެވެ. އެކަމަނާ ނިއުޒީލޭންޑްގެ ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގަތީ 2017 ވަނަ އަހަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.