ލެވަންޑޯސްކީ ބަޔާނަށް ދިޔައީ 2014 ވަނަ އަހަރު ޑޯޓްމަންޑުންނެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 374 މެޗުގައި 344 ލަނޑު ޖަހައިދީ، ގާޑް މުލާގެ ރިކޯޑް މުގުރާލާފަ އެވެ.
ޕޮލެންޑްގެ ކާމިޔާބު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގެންދަން އޭނާ ކުޅެމުން އައި ޖަރުމަނުގެ ބަޔާން މިއުނިކާއެކު ސްޕޭންގެ ބާސެލޯނާއިން އެންމެ ފަހުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ބާސަލޯނާއިން ބުނެފި އެވެ.
ލެވަންޑޯސްކީގެ ބަޔާން ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. ނަމަވެސް އުމުރުން 33 އަހަރުގެ މިދިޔަ މަހުން ފެށިގެން ބަޔާންގައި ބުނެފައި ވަނީ އޭނާ ބާޔާން ދޫކޮށްލަން ޖެހޭ ވަގުތު އައިސްފި ކަމަށާއި އާ ޗެލެންޖެއް ނަގަން ޝައުގުވެރިވެފައިވާ ކަމަށެވެ. ލެވަންޑޯސްކީ މިދިޔަ ސީޒަނުގައި ކުޅުނު 46 މެޗުން 50 ގޯލް ބަޔާން އަށް ކާމިޔާބު ކޮށްދިންއިރު، އޭނާ ވަނީ ބަޔާންއަށް ޖެހިޖެހިގެން 10 ފަހަރަށް ބުންޑެސްލީގާ ޗެމްޕިއަންކަން ހޯދައިދޭން ފުރިހަމއަށް އެހީތެރިވެދީފަ އެވެ.
ލެވަންޑޯސްކީ އަށް ގިނަ ކްލަބްތަކެއް ޝައުގުވެރި އެވެ. ނަމަވެސް ލެވަންޑޯސް ބަދަލުވާން ބޭނުންވީ ބާސަލޯނާއަށެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން ބާސަލޯނާއިން ބުނީ ލެވަންޑޯސްގެ މެޑިކަލް އާއި ކޮންޓްރެކްޓްތަކުގައި ސޮއިކުރަން އެއްބަސްވުމެއް މިހާރު އެބައޮތް ކަމަށެވެ. އަނެއްކޮޅުން ބަޔާންގެ ރައީސް ހާބަޓް ހައިނާ ވިދާޅުވީ ހުރިހާ ޕާޓީއަކަށް ވެސް މި ގޮތް ރަނގަޅު ކަމަށާއި "މިހާރު ބާސެލޯނާއާ އެކު އަނގަބަހުން އެއްބަސްވުމަކަށް އަދެވިފައިވާ" ކަމަށެވެ.
"ރޮބަޓް އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް، އޭނާ އަހަރެމެންނާއެކު ހުރިހާ ކާމިޔާބެއް ހޯދި، އަހަރެމެން އޭނާއަށް ޝުކުރުވެރިވަން."
ލެވަންޑޯސްކީ ބަޔާނަށް ދިޔައީ 2014 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން ހިލޭ ޓްރާންސްފާއެއްގަ އެވެ. ލެވަންޑޯސްކީ ވަނީ އެ ކްލަބަށް ކުޅުނު 374 މެޗުގައި 344 ލަނޑު ޖަހައިދީ، ގާޑް މުލާއަށް ވުރެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.