އިންޑޮނޭޝިއާއަށް ބާރު ގަދަ ބިންހެލުމެއް، މީހުން ގެދޮރުދޫކޮށް ދުރަށް

މިދިޔަ ހަފްތާގައި އިންޑޮނޭޝިއާގެ ޓަނިމްބާ ޖަޒީރާތަކަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވެއެވެ.

ޖަކާޓާ (ޖެނުއަރީ 18) - އިންޑޮނޭޝިއާގެ ސުލަވޭސީ ޖަޒީރާއަށް 7 މެގްނިޓިއުޑްގެ ބާރު މިނުގެ ބިންހެލުމެއް އައިސް އެންމެ ކައިރީގައިވާ ބައެއް ރަށްރަށުގައި މީހުން ގެދޮރު ދޫކޮށް ދުރު ސަރަހައްދުތަކަށް ހިނގައްޖެ އެވެ. 

އިންޑޮނޭޝިއާގެ ޖިއޮފިޒިކްސް އެޖެންސީން ބުނީ ބިންހެލުމެއް އައި ނަމަވެސް ސުނާމީއެއްގެ ނުރައްކަލެއް ނެތް ކަމަށެވެ. އެމެރިކާގައި ހުންނަ ޕެސިފިކް ސުނާމީ އިންޒާރު ދޭ މަރުކަޒުގެ ބުލެޓިންއެއްގައި ސުނާމީގެ ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ކުރިން ބުންޏެވެ. ނަމަވެސް އެ އިންޒާރު ވަނީ ފަހުން ނަގާފަ އެވެ. 

ޖިއޮފިޒިކްސް އެޖެންސީން ބުނީ ބިންހެލުމުން އައީ މެލޮންގްވާނޭ ޓައުންގެ އިރުދެކުނު 64 ކިލޯމީޓަރު (39.77 މޭލު) އާއި 141 ކިލޯމީޓަރުގެ އަޑިއަށް ކަމަށާއި ބިންހެލުމުގެ 10 އަފްޓާޝޮކެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

"އަހަރެމެން ދިރިއުޅޭ ގެ ތެޅެމުން ތެޅެމުން ދިޔައީ،" މެލޮންގްވާނޭގެ ރައްޔިތެއް ކަމަށްވާ އިކާ، 35، ބުންޏެވެ.

އުތުރު ސުލަވޭސީ ޕްރޮވިންސްގެ ވެރިރަށް މަނަޑޯގެ ރައްޔިތަކު ބުނީ ސިކުންތުކޮޅެއް ވަންދެން ބިންހެލުން ވަރަށް ވަރުގަދައަށް އިހުސާސް ކުރެވުނު ކަމަށާއި އެކަމާ ގުޅިގެމން އިމާރާތްތަކުން މީހުން  ނުކުމެ ދުވެފައި ދިޔަތަން ފެނުނު ކަމަށެވެ. 

އުތުރު ސުލަވޭސީގެ ފުލުހުން ބުނީ އެއް ވެސް ގެއްލުމެއް ނުވަތަ ގެއްލުމެއް ލިބިފައިވާ ކަމުގެ ވަގުތީ ރިޕޯޓެއް ވެސް އަދި ލިބިފައި ނުވާ ކަމަށެވެ.

މާލޫކު ޖަޒީރާތަކަށް ވެސް ބިންހެލުން އިހުސާސް ކުރެވުނެވެ. 

ފިލިޕީންސް ސެއިސްމޮލޮޖީ އެޖެންސީން ވެސް ބުނެފައި ވަނީ ބިންހެލުން އެ ގައުމުގެ ދެކުނު ސަރަހައްދުތަކަށް އިހުސާސް ކުރެވިފައިވާ ކަމަށާއި ގެއްލުންތަކާއި އޭގެ ފަހުން ލޮޅުން އައުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ވެސް ދިން ކަމަށެވެ.

އިންޑޮނޭޝިއާ އޮންނަނީ "ޕެސިފިކް ރިންގް އޮފް ފަޔާ" ގެ މަތީގަ އެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ އެއް ސަރަހައްދެވެ.

މިދިޔަ ހަފްތާގައި އިންޑޮނޭޝިއާގެ ޓަނިމްބާ ޖަޒީރާތަކަށް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވެއެވެ. 

ފަސްމަންޒަރު - މިދިއަ ނޮވެމްބަރު 21 ވަނަ ދުވަހު ހުޅަނގު ޖާވާގެ ސިއަންޖޫރު ސިޓީއަށް އައި 5.6 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 331 މީހުން މަރުވެ ގާތްގަނޑަކަށް 600 މީހުން ޒަހަމްވެފައިވެ އެވެ. މިއީ 2018 ވަނަ އަހަރު ސުލަވޭސީއަށް އައި ބިންހެލުމާއި ސުނާމީގައި ގާތްގަނޑަކަށް 4،340 މީހުން މަރުވި ފަހުން އިންޑޮނޭޝިއާގައި އެންމެ މަރު ގިނަ ހާދިސާ އެވެ. އަދި 2004 ވަނަ އަހަރު ސްމްޓްރާ އަށް ބިންހެލުމަކާއެކު ސުނާމީއެއް އުފެދި ރާއްޖެ ހިމެނޭ ގޮތުން އޭޝިއާގެ ދިހަވަރަކަށް ގައުމުން 230،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރެއިން ގިނައީ އިންޑޮނޭޝިއާގެ މީހުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.