އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކޮށްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ދަތުރުފުޅެއްގައި މިއަދު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ޑުލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އަލަށް އަޅާ ހޮސްޕިޓަލުގައި އެކޮމޮޑޭޝަން އިމާރާތަކާއި ސާވިސް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.
މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރާން ޖެހެ އެވެ.
ހެލްތު މިނިސްޓްރީ އިން ބުނެފައި ވަނީ މި މަޝްރޫއަށް ޖުމްލަ 123,303,792 ރުފިޔާ ހަރަދުވާނެ ކަމަށެވެ.
އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކޮށްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ދަތުރުފުޅެއްގައި މިއަދު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މިއަދު އިހަވަންދޫގެ އިތުރުން އެ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވާނެ އެވެ.
ކެމްޕޭނާ ދިމާކޮށް ގިނަ ޕްރޮޖެކްޓްތަކެއް ހަވާލުކުރެވި އަދި މަސައްކަތް ފަށައިގެން މިހާރު ބާރު ސްޕީޑުގައި ކުރިއަށް ގެންދާކަން ފާހަގަކުރެވެ އެވެ.