ރައީސްގެ އުތުރު ދަތުރުފުޅު ފައްޓަވައިފި، ހޯރަފުށީން ހޫނު މަރުހަބާއެއް

އުތުރުގެ -- ހއ އާއި ހދ އަދި ށ ގެ ރަށްތަކަށް ރައީސް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ހޯރަފުއްޓެވެ.

ރައީސް ސޯލިހް ހޯރަފުއްޓަށް ވަޑައިގަތުން: ހއ ގެ ހަތަރު ރަަށަކަށް މިއަދު ވަޑައިގަންނަވާނެ

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރުގެ ތިން އަތޮޅަށް ކުރައްވާ  ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އުތުރުގެ -- ހއ އާއި ހދ އަދި ށ ގެ ރަށްތަކަށް ރައީސް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ހޯރަފުއްޓެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.

ރައީސް ސޯލިހް ހޯރަފުއްޓަށް ވަޑައިގަތުން: ހއ ގެ ހަތަރު ރަަށަކަށް މިއަދު ވަޑައިގަންނަވާނެ

ރައީސް ވަނީ އެ ރައްޔިތުންނާއި ވަކިވަކީން ސަލާމް ކުރައްވާފައެވެ. އަދި އެއާޕޯޓް ސަރަހައްދުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

ރައީސް ވަނީ ހޯރަފުށީގެ ތަރައްގީއަށް ސަރުކާރުން ހިންގާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ.

އެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ދިއުމަށް އެމަނިކުފާނު އިތުރު ދައުރަކަށް ހޮއްވެވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް ހޯރަފުއްޓަށް ވަޑައިގަތުން: ހއ ގެ ހަތަރު ރަަށަކަށް މިއަދު ވަޑައިގަންނަވާނެ

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ކައުންސިލްގެ ރައީސް އަދި ރައީސަށް މަރުހަބާ ދެންނެވުމަށް ޖަމާވި ރައްޔިތުން ވަނީ ކުރިއަށް އޮތް ޕްރައިމަރީން ރައީސް އުފާވާނެ ފަދަ ނަތީޖާއެއް ނެރެދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އެންމެ އުތުރުގެ ހަތަރު ރަށަކަށް ރައީސް މިއަދު ވަޑައިގަންނަވާނެ އެވެ. އެއީ؛

  • 1.ހއ. ހޯރަފުށި
  • 2.ހއ. އިހަވަންދޫ
  • 3.ހއ. ކެލާ
  • 4.ހއ. ދިއްދޫ
ރައީސް ސޯލިހް ހޯރަފުއްޓަށް ވަޑައިގަތުން: ހއ ގެ ހަތަރު ރަަށަކަށް މިއަދު ވަޑައިގަންނަވާނެ

ރައީސްގެ ކެމްޕެއިން ޖަލްސާ އޮންނާނީ މިރޭ ދިއްދޫގައެވެ. އެހެން ރަށްތަކުގައި އޮންނާނީ ބައްދަލްވުންތަކެކެވެ.

މާދަމާ ވަޑަައިގަންނަވާނީ ހދ ގެ ބޮޑެތި ރަށްތަކަށެވެ. ބުރާސްފަތި ދުވަހު ށ އަތޮޅުގެ ބައެއް ރަށްތަކަށެވެ.

ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން މޫސާ މަނިކު ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސޯލިހް ހޯރަފުއްޓަށް ވަޑައިގަތުން: ހއ ގެ ހަތަރު ރަަށަކަށް މިއަދު ވަޑައިގަންނަވާނެ

މި މަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ފޯރިގަދަ / ވާދަވެރި އިންތިހާބެވެ. ރައީސް ސޯލިހާއި ދެކޮޅަށް ނިކުންނަވާ ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދުވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.