ތަކްސިންގެ ދަރިކަނބަކުން ބޮޑުވަޒީރު ކަމަށް ނުކުންނަވަނީ

ދައިތާފުޅު ޔިންގްލަކް އާއި ބައްޕާފުޅު ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވަނީ އަސްކަރީ ވެރިކަމުގެ ދަށުން އަތުވެދާނެ ޖަލު ހުކުމްތަކުން ސަލާމަތްވުމަށްޓަކަ އެވެ.

އުމުރުފުޅުން 36 އަހަރުގެ ޕެއެޓޮންގްޓާން ޝިނަވަޓްރާ: ސިޔާސީ މަސައްކަތުގައި މިހާރު މަގުބޫލު

އަމިއްލަފުޅަށް އަރުވާލެއްވި ގައުމުން ބޭރުގައި ހުންނެވި ތައިލެންޑްގެ ކުރީގެ ލީޑަރު، ބޮޑު ވަޒީރު ތަކްސިން ޝިނާވަޓްރާގެ ދަރިކަނބަލުން މި އަހަރު ބޮޑުވަޒީރު ކަމަށް ވާދަ ކުރަން ތައްޔާރަށް ހުންނެވިކަން އިއުލާން ކުރައްވައިފި އެވެ. 

ބިލިއަނަރު ބައްޕާފުޅު ތަކްސިން އާއި ކުރީގެ ބޮޑު ވަޒީރު އަދި ދައިތާފުޅު ޔިންގްލަކް ޝިނާވަޓްރާ ވެސް ދިރި އުޅުއްވަނީ ގައުމުން ބޭރުގަ އެވެ. އެ ބޭފުޅުންގެ ވެރިކަންތައް ވައްޓާލީ އަރިހު ބޭފުޅުންގެ އެހީތެރިކަމާއެކު ސިފައިންނެވެ. 

އުމުރުފުޅުން 36 އަހަރުގެ ޕެއެޓޮންގްޓާން ޝިނަވަޓްރާ ވާދަ ކުރައްވާނީ ބިލިއަނަރު ޝިނަވަޓްރާގެ އާއިލާއިން އުފެއްދި ޕޮޕިއުލިސްޓް ހަރަކާތުގެ ފޭއު ތައި ޕާޓީންނެވެ. އެކަމަނާ އަކީ ތަކްސިން ޝިނަވްޓަރާގެ ހަގު ދަރިކަނބަލެވެ. 

"އާދެ، އަޅުގަނޑު މިހުރީ ތައްޔާރަށް، އަޅުގަނޑަށް ގައުމު ހިންގޭނެ ވައުދު ފުއްދޭނެ" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވަނީ ޕާޓީން އިންތިހާބު ކާމިޔާބު ކުރަން. އެއީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ހަގީގަތަކަށް ހެދުމަށްޓަކައި،" 

ރަށްރަށާއި ސިޓީތަކުގެ މަސައްކަތްތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފޭއު ތައި ޕާޓީއަށް 2019 ވަނަ އަހަރު އެންމެ ފަހުން ބޭއްވި އިންތިހާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރެވުނެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލެވޭ ގޮތެއް އެފަހަރަކު ނުވި އެވެ.

އަނެއްކޮޅުން ޝިނާވަޓްރާއަށް ވަފާތެރި އެޑްމިނިސްޓްރޭޝަންތައް އަސްކަރީ ނުވަތަ ޝަރުއީ ހުކުމްތަކުން ވަކިކޮށްފައިވާއިރު، ދަރިކަނބަލުން ޕެއެޓޮންގްޓާންގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ. އަދި ފާއިތުވި އަހަރު ޕާޓީގެ އެއްވުންތަކުގައި ބައިވެރިވެވަޑައިގެން، ސިޔާސ މަސްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަ އެވެ. 

ދައިތާފުޅު ޔިންގްލަކް އާއި ބައްޕާފުޅު ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވަނީ އަސްކަރީ ވެރިކަމުގެ ދަށުން އަތުވެދާނެ ޖަލު ހުކުމްތަކުން ސަލާމަތްވުމަށްޓަކަ އެވެ. ޕެއެޓޮންގްޓާންގެ ވިސްނުންފުޅަކީ އެ ބޭފުޅުން އަވަހާ ގައުމަށް ވަޑައިގެންނެވޭނެ މާހައުލެއް ފަހި ކުރެއްވުމެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.