ކެމްބޯޑިއާގެ ބޮޑުވަޒީރު އަރާމު ކުރެއްވުން

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރާއްޖެ ވަޑައިގެން ޕެރަޑައިސް ރިސޯޓްގައި އަރާމު ކުރައްވައި ނަންގާފައިވާ ފޮޓޯތައް އެ މަނިކފާނު އަމިއްލަފުޅު ފޭސްބުކް ޕޭޖުގައި ހިއްސާ ކުރެއްވުމާއެކު އެ ފޮޓޯތައް ވަނީ ވައިރަލްވެފަ އެވެ.

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑު ވަޒީރު ވަޑައިގެން އުޅުއްވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގަ އެވެ. އެ މަނިކުފާނު ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ސެޕްޓެމްބަރު 21، 1995 ގަ އެވެ. މިއީ މިދިއަ މުއްދަތުގެ އެ ގައުމުގެ މިފަދަ ވެރިޔަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން އަކީ ކުރީގެ މިލިޓަރީ ކޮމާންޑަރެކެވެ. އުމުރުފުޅުން މިހާރު 70 އަހަރުވެފައިވާ ހުން ސެން ބޮޑުވަޒީރުކަން ކުރައްވަނީ 1985 އިން ފެށިގެނެވެ. އެ މަނިކުފާނަކީ ކެމްބޯޑިއާގެ އެންމެ މަތީވެރިޔާގެ ގޮތުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހިދުމަތްތެރިޔާ އެވެ. އަދި މިވަގުތު ދުނިޔޭގައި ވެސް ވެރިކަމުގައި އެންމެ ގިނަ ދުވަސްވީ ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާއިރު ދެކުނުއިރުމަތީ އޭޝިއާގައި މިވަގުތު އެންމެ ގިނަ ދުވަހު ހިދުމަތުގައި ހުންނެވި ލީޑަރަކީ އެ މަނިކުފާނެވެ. 

ކެމްބޯޑިއާގެ ބޮޑު ވަޒީރު މި ފޮޓޯތަކަކީ އެ މަނިކުފާނު ރާއްޖެ ވަޑައިގެން ޕެރައިޑައިސް ރިސޯޓްގައި ހުންނަވާއިރު އަމިއްލަފުޅަށް އެ މަނިކުފާނުގެ ފޭސްބުކް ޕޭޖަށް ލައްވާފައިވާ ފޮޓޯތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.