އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޮފިޒިކްސް އެޖެންސީން ބުނި ގޮތުގައި ބިންހެލުމެއް އައި ނަމަވެސް ސުނާމީއެއްގެ އެލާޓެއް ނެތެވެ.

ޖަކާޓާ (ޖުލައި 10) - އިންޑޮނޭޝިއާގެ ހުޅަނގު ސަރަހައްދުގެ ބަޔަކަށް ރޭ މެންދަމު ބާރު ގަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ. ކަނޑުއަޑިއަށް އައި ބިންހެލުމެއްގައި ބޮޑެތި ގެއްލުންތަކެއް  ލިބިފައިވާ ކަމަށް ރިޕޯޓެއް ނުކުރެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ 6.2 މެގްނިޓިއުޑްގަ އެވެ. އަދި އެ ބިންހެލުން އައިސްފައި ވަނީ އާޗޭ ޕްރޮވިންސްގެ އައްސޭރިފަށުގެ ސަހަރެއް ކަމަށްވާ ސިންގްކިލްގެ އިރުދެކުނު 40 ކިލޯމީޓަރު (25 މޭލު) ދުރުން ސުމަޓްރާ އައިލެންޑުގެ އައްސޭރިފަށަށެވެ.

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޮފިޒިކްސް އެޖެންސީން ބުނި ގޮތުގައި ބިންހެލުމެއް އައި ނަމަވެސް ސުނާމީއެއްގެ އެލާޓެއް ނެތެވެ.

އިންޑޮނޭޝިއާ އަށް ގިނައިން ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުން ކުރިމަތިވެ އެވެ. އެހެން ދިމާވަނީ ޕެސިފިކް ބެސިންގެ "ރިންގް އޮފް ފަޔާ" ގައި އޮންނާތީ އެވެ.

މިދިއަ ނޮވެމްބަރު 21 ވަނަ ދުވަހު ހުޅަނގު ޖާވާގެ ސިއަންޖޫރު ސިޓީއަށް އައި 5.6 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 331 މީހުން މަރުވެ ގާތްގަނޑަކަށް 600 މީހުން ޒަހަމްވެފައިވެ އެވެ. މިއީ 2018 ވަނަ އަހަރު ސުލަވޭސީއަށް އައި ބިންހެލުމާއި ސުނާމީގައި ގާތްގަނޑަކަށް 4،340 މީހުން މަރުވި ފަހުން އިންޑޮނޭޝިއާގައި އެންމެ މަރު ގިނަ ހާދިސާ އެވެ.

އަދި 2004 ވަނަ އަހަރު ސްމްޓްރާ އަށް ބިންހެލުމަކާއެކު ސުނާމީއެއް އުފެދި ރާއްޖެ ހިމެނޭ ގޮތުން އޭޝިއާގެ ދިހަވަރަކަށް ގައުމުން 230،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރެއިން ގިނައީ އިންޑޮނޭޝިއާގެ މީހުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.