އަފްޣާނުގެ ވަރުގަދަ ޝަހުސިއްޔަތެއް އަވަހާރަ ކޮށްލައިފި

އަފްޣާން ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މަރިޔަމް ސޮލައިމަންކިލް ވިދާޅުވީ ނަބީޒާދަކީ އަފްޣާނިސްތާނުގެ "ބިރެއް ނެތް ޗެމްޕިއަން" ކަމަށެވެ.

މުރުސަލް ނަބީޒާދާ: ގައުމުގެ އިސްލާހަށް ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަކޮށްލި

ތޯލިބާނުންގެ ވެރިކަމެއް އޮތް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ އަންހެން މެމްބަރަކު އަވަހާރަކޮށްލައި އޭނާގެ ބޮޑީގާޑުންގެ ތެރެއިން އެކަކު މަރާލައިފި އެވެ. 

ދުނިޔެއަށް މަޝްހޫރް އަންހެން ލެޖިސްލޭޓަރު އަދި އަފްޣާނިސްތާނުގައި "އަންހެން ހަނގުރާމަވެރިޔާ" ގެ ގޮތުގައި ނަން ހިނގާފައިވާ މެންބަރު އަވަހާރަކޮށްލައި ބޮޑީގާޑް މަރާލާފައި ވަނީ ކާބުލްގައި ހުންނަ އޭނާގެ ގޭގައި ހަތިޔާރު އެޅި މީހަކު ބަޑި ޖަހައިގެނެވެ. 

އަވަހާރަކޮށްލި މުރުސަލް ނަބީޒާދާ އަކީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހު ވެރިކަމުން ދުރުވާން ޖެހުނު، އެމެރިކާގެ ތާއީދު އޮތް ސަރުކާރުގެ ޕާލަމެންޓް މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ތޯލިބާނުންނާ އަފްޣާނިސްތާނާ ހަވާލުވުމަށް ފަހު ކާބުލްގައި މަޑުކުރެއްވި ކުރީގެ މަދު އަންހެން ޕާލަމެންޓޭރިއަނުން ތެރޭގައި އެކަމަނާ ހިމެނިވަޑައިގަންނަވަ އެވެ.

"ނަބިޒާދާ އާއެކު އޭނާގެ ބޮޑީގާޑުގެ ތެރެއިން އެކަކު އޭނާގެ ގޭގެތެރޭގައި ބަޑިޖަހައި މަރާލާފައި ވަނީ،" ކާބުލް ޕޮލިސްގެ ތަރުޖަމާނު ޚާލިދު ޒަދްރާން އާދީއްތަ ދުވަހު ވިދާޅުވި އެވެ. "އަދި ސަލާމަތީ ބާރުތަކުން ވަނީ މި މައްސަލައިގެ ސީރިއަސް ތަހުގީގެއް ފަށާފައި،" 

ފުލުހުންގެ ވެރިޔާ ޗީފް ހަމީދުالله ހާލިދު ވިދާޅުވި ގޮތުގައި ބަޑި ޖަހާފައި ވަނީ އިއްޔެ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ. އޭނާ އަދި ވިދާޅުވީ ނަބީޒާދާގެ ބޭބެ އާއި އިތުރު ސެކިއުރިޓީ ގާޑަކު ވެސް ބަޑީގެ ހަމަލާއިން ޒަހަމްވި ކަމަށާއި އެ ހަމަލާގެ ތެރޭގައި ތިން ވަނަ ސެކިއުރިޓީ ގާޑަކު އެ ގޭގެ ތެރެއިން ފައިސާ އާއި ގަހަނާތަކެއް ނަގައި ފިލައިގެން ގޮސްފައިވާ ކަމަށެވެ.

ނަބީޒާދާ: ނަން ހުރި އަންހެން ބޭފުޅެއް

އަފްޣާނިސްތާނުގައި ކުރިން އެމެރިކާ އާއި ހުޅަނގުގެ ތާއީދު އޮތް ސަރުކާރުގެ އެންމެ އިސް އޮފިޝަލެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އަބްދުﷲ ވިދާޅުވީ ނަބީޒާދާ އަވަހާރަ ކޮށްލުމުން ފުން ހިތާމައެއް ކުރައްވާ ކަމަށާއި އެކަން ކުރި މީހުނަށް އަދަބު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އޭނާ، ނަބީޒާދާ ސިފަ ކުރެއްވީ "ރައްޔިތުންގެ މަންދޫބެއް، ހާދިމާއެއް" ގެ ގޮތުގަ އެވެ.

ކާބުލް ތަމްސީލު ކުރަން ނަބީޒާދާ އިންތިހާބުވެ ވަޑައިގަތީ 2019 ވަނަ އަހަރު އެވެ. ޕާލަމެންޓްރީ ޑިފެންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު މަރިޔަމް ސޮލައިމަންކިލް ޓްވިޓާގައި ވިދާޅުވީ ނަބީޒާދަކީ އަފްޣާނިސްތާނުގެ "ބިރެއް ނެތް ޗެމްޕިއަން" ކަމަށެވެ.

"ނުރައްކަލުގެ ކުރިމަތީގައި ވެސް ގަބޫލުކުރާ ކަންކަމާއެކު ތެދުވި ވަރުގަދަ، ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވި އަންހެނެއް،" އޭނާ ވިދާޅުވި އެވެ. "އަފްޣާނިސްތާން ދޫކޮށް ދިއުމުގެ ފުރުސަތު ހުށަހެޅި ނަމަވެސް، އެކަމަނާ އިހުތިޔާރު ކުރެއްވީ މަޑުކުރައްވައި، އެކަމަނާގެ ރައްޔިތުންނަށްޓަކައި ހަނގުރާމަ ކުރައްވަން،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.