އެކްތާ ކަަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ "ދަ ކްރޫ" ޝޫޓިން ފަށާއިރު ކަރީނާ ހުންނަން ޖެހެނީ މުޅީން ފިޓްވެފަ އެވެ.

އެކްޓަރު ސައިފް އަލީ ހާންގެ އަންހެނުން އަދި ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް އެންމެ ފަހުން ކުޅުނު ލާލްސިންގް ޗައްޑާ އަށް ފަހު ހަށިގަނޑަށް ބަދަލުތައް އައިސްފައި ވެއެވެ.
އެހެން ވެގެން މިހާރު ކުޅެން ނިންމާފައިވާ "ދަ ކްރޫ" އަށް އޭނާ ވަރަށް ބޮޑަށް ފިޓްވާން ޖެހިއްޖެ އެވެ. ހަށިގަނޑަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަރީނާ ވަނީ ފިލްމް ޑައިރެކްޓަރު ރާޖޭޝް ކްރިޝްނަން ބޭނުންވާ ފެންވަރަށް ފިޓްވުމުގެ މަސައްކަތް ވެސް އޭނާގެ ދުވަހުގެ ޝެޑިއުލަށް ލާފަ އެވެ. 
އެކްތާ ކަަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ "ދަ ކްރޫ" ޝޫޓިން ފަށާއިރު ކަރީނާ ހުންނަން ޖެހެނީ މުޅީން ފިޓްވެފަ އެވެ. 
ޑައިރެކްޓަރުގެ އެ ޝަރުތު އޮތުމުން މިހާރު ކަސްރަތުގެ ކްލާސްތަކެއްގައި ބައިވެރިވުމުގެ އިތުރުން އަމިއްލައަށް ވެސް ސެޝަންތަކެއް ވެސް ކުރިޔަށް ގެންދެ އެވެ. މި ފިލްމުގައި ދެން ހިމެނޭ ކްރިތީ ސެނަން އާއި ތައްބޫ އެ މީހުންގެ ހަށިގަނޑަށް ބަދަލުތައް ގެންނަން ޖެހެ އެވެ. 
"ދަ ކްރޫ" ގެ ޝޫޓިން ފަށަމީ ފެބުރުއަރީގެ ތާރީހެއްގަ އެވެ.