ކެމްބޯޑިއާގެ ބޮޑު ވަޒީރަށް ރާއްޖޭގެ ވީއައިއޭއިން މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.
ރާއްޖެއިން ކެމްބޯޑިއާއާއެކު ސިޔާސީ ގުޅުން ގާއިމް ކުރީ ސެޕްޓެމްބަރު، 21. 1995 ގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ބޮޑުވަޒީރަށް ދަންނަވާ ރަސްމީ މަރުހާބާގެ ހަރަކާތްތައް އޮންނާނީ މާދަމާ އެވެ.